ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތައް ތިން ކުންފުންޏަކާ ހަވާލުކޮށްފި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ 18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރު ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 114.9 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީ އާއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް، އާރު.ޑީ.ސީގެ ފަރާތުން ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރު އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ޑީ.ސީ.ޕީ އަޙްމަދު ސައުދީ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މި މަޝްރޫޢުތަކުގެ ދަށުން މަސައްކަތް ކުރިއަށްދާނެ ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އުނގޫފާރު، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، ލ. މާވަށް، އއ. މާޅޮސް، އދ. ފެންފުށި އަދި މ. ވޭވަށް ހިމެނެއެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ”ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި މަސައްކަތްތައް ފެށިގެންދާނެ“ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން މަޝްރޫޢުތައް ހަވާލުކޮށްފައި ހުރީ އެންމެ ރަނގަޅަށް ނޫންކަމަށާއި، މަސައްކަތުގެ އެކި ފޭސްތައް ތަފާތު ކުންފުނިތަކާ ހަވާލުކޮށްފައި ހުރުމުގެ ސަބަބުން މުޅި ޕްރޮޖެކްޓުތައް ހުއްޓިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

2024 ވަނަ އަހަރު އިޤްތިޞާދީ ގޮތުން ޤައުމު އުނދަގޫ ހާލަތެއްގައި އޮތްނަމަވެސް، ސަރުކާރުން ހުށަހެޅި ބަޖެޓު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާތީ، މިއަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: