ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަނީ

މާފަރު އެއާޕޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާނު ކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނުން ހާމަކުރި ގޮތުގައި މި މަސައްކަތަށް އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރީލް 2025 އެވެ. މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ދިވެހިރާއްޖޭގައި އެންމެ ގިނައިން ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެވެ.

އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ތަރައްގީކުރި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއަށްފަހު އެއާޕޯޓުގެ ރަންވޭ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮއިންގ 777-ER300 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓްކުރެވޭ ފެންވަރަށް ރަންވޭ ވަނީ ތަރައްގީކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި ރަންވޭއަށް 650 މީޓަރު އިތުރުކޮށް، ސްޓްރިޕް ފުޅާކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމާ ގުޅިގެން އެއާޕޯޓުގެ އިންޓަނޭޝަނަލް ދަތުރުތައް އަލުން ފަށާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: