ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި 6 ހަމަލާ: ދެ ހެއްކެއްގެ ހެކިބަސް ނަގައިފި

މެއި 6 ހަމަލާގެ ޝަރީއަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީވެސް ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

ފުރަތަމަ ހާޒިރުވި ހެކިވެރިޔާއަކީ ޙާދިސާ ހިނގި ސީނަށް ދިޔަ އޮފިސަރެކެވެ. އޭނާ ވަނީ ކޮމާންޑް ސެންޓަރުން މި ޙާދިސާގެ މައުލޫމާތު ލިބުމާއެކު ސީނަށް ގޮސް، އެތަނުގައި ޙަރަކާތްތެރިވެފައެވެ.

އޭނާ ވަނީ މި މައްސަލައިގެ ޙާދިސާ ހިނގި މަޖީދީމަގާއި ނީލޯފަރު މަގު ސަރަޙައްދުން ފެނުނު ކަންކަމާ ގުޅޭގޮތުން ހެކިބަސް ދީފައެވެ. އެގޮތުން ސީނުން ބެޓެރިއަކާއި، ރައީސް ނަޝީދުގެ ފޯނު ވެއްޓިފައި އޮއްވައި ފެނުނުކަމަށް އޭނާ ކިޔާދިނެވެ.

އެތަނުން ފެނުނު ބައެއް ހެކިތައް ލިސްޓު ކޮށްފައިވާނެކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.

ދެން ހާޒިރުވީ އަމިއްލަ ޙައިސިއްޔަތުން އެ ސީނަށް ދިޔަ އޮފިސަރެކެވެ. އޭނާ ވަނީ މީހުން އެއްފަރާތް ކުރުމަށްފަހު ފޮރެންސިކް އޮފިސަރުން އައުމުން ފަސޭހައިން ހެކިތައް ހޯދޭނެ ގޮތަށް ސީން ހަލާކުވިޔަ ނުދިނުމަށް މަސައްކަތް ކޮށްފައެވެ. އެވަގުތު ބޮޑަށް މަސައްކަތްކުރީވެސް އެތަނުން މީހުން ދުރުކޮށް، މީހުންގެ ރައްކާތެރިކަން އިސްކޮށްގެންކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.

މި އަޑުއެހުމުގައި އޭނާ ވަނީ ސީނުން ފެނުނު ބައެއް ކަންކަންވެސް ކިޔާދީފައެވެ. އެގޮތުން ސައިކަލުގެ މަޑިއެއްގެ ބައިތައް އެކި ތަންތަނަށް ބުރައިގެން ގޮސްފައިހުރި މަންޒަރު ފެނުނުކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.

އޭނާ ވަނީ އަނިޔާވި ފަރާތް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވުމަށްފަހު އަނެއްކާވެސް ސީނަށްގޮސް ޙަރަކާތްތެރިވެފައެވެ.

މި މައްސަލައާ ގުޅިގެން ހެކިބަސް ދެއްވަމުން ނަޝީދުގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރަކު ވަނީ ފަރުވާގެ ތެރެއިން ނަޝީދުގެ ހިތްވެސް ހުއްޓުނުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ޑޮކްޓަރު ވިދާޅުވީ، މައި ލޭހޮޅި ތެރޭގައި ރޭޒާފުށް އޮތް ކަމަށާއި، އެއީ ފުރާނައަށް ވަރަށް ނުރައްކާވި ކަމެއް ކަމަށެވެ. އަދި އެ ރޭޒާފުއް ނެގުމަށް މަސައްކަތް ކުރިއިރު ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ޤާޟީ ޞަފްވަތު ޙަބީބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: