ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ. ހަނިމާދޫގެ މިސްކިތުގެ މަސައްކަތް ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ހަނިމާދޫގެ މިސްކިތުގެ މަސައްކަތް ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބެލުމުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވާ ހަނިމާދޫގެ މިސްކިތުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެެއްވީ، އެކުންފުނީގެ އެމްޑީ، ޑީސީޕީ (ރިޓަޔަޑް)، އަހްމަދު ސައުދީއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓްރީގެ ނައިބް އިބްރާހިމް އާސިމްއެވެ.

އެމްޓީސީސީގެ އޮފިޝަލް ވެބްސައިޓުން ދައްކާގޮތުން، ހދ. އަތޮޅުގެ ފިނޭ، ކުމުންދޫ، ކުރިނބި ނައިވަދޫ، ނޭނކުރެންދޫ، ނޮޅިވަރަންފަރުގެ އިތުރުން ކުޅުދުއްފުށި ރަށުގައި އެމްޓީސީސީއިން ޕްރޮޖެކްޓުގެ މަސައްކަތްކުރަން ހަމަޖެހިފައިވާ ކަން ހާމަވެގެންދެއެވެ. މި އަތޮޅުގައި ޖުމްލަގޮތެއްގައި އެމްޓީސީސީއިން ކުރަމުން ގެންދަނީ ފަޅު ފުންކުރުމުގެ މަސައްކަތާއި ބަންދަރުގެ މަސައްކަތްތަކެވެ.

އެމްޓީސީސީ ވުޖޫދަށް ގެނެސްފައިވަނީ އިޖުތިމާއި އަދި އިގްތިސާދީ ކުރިއެރުން ހޯދުމަށް މުހިއްމު އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމުގެ ނިޔަތުގައި ޑިސެމްބަރު 18، 1980 ގައެވެ. މިއަދު އެމްޓީސީއަށް 45 އަހަރުފުރިފައިވާއިރު، ދިވެހިރާއްޖެގައި ބިމާއި ކަނޑުގެ ދަތުރުފަތުރުގެ އެންމެ ބޮޑު އެއް ދާހިލީ މެރިން އަދި ލީޑިންގ ޕްރޮވައިޑަރުގެ މަގާމު ވަނީ އެމްޓީސީސީއަށް ލިބިފައެވެ. އެގޮތުން، ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކާއި ހަވާލުވަނީ އެމްޓީސީސީއިންނެވެ.


				
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: