ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނެރޭޝަނަލް ބޭން ޕޯލްގެ ނަތީޖާ: ގިނަ މީހުން ވޯޓު ދިނީ 2000 ވަނަ އަހަރަށް!

ރައްޔިތުންނާ އެކު ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ގެނައުމަށް ކަނޑައެޅިފައިވާ ޖެނެރޭޝަލް ބޭންއަށް ހިޔާލު ހޯދުމަށް ހުޅުވާލި ޕޯލްގެ ނިންމާލައިފި އެވެ.

ދުންފަތާއި ދެކޮޅަށް ފިޔަވަޅު އަޅައި، ޒުވާން ޖީލު އެ ވަބާއިން ސަލާމަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ތަންފީޒު ކުރުމަށް ފެންނަ އިތުރު ފިޔަވަޅުތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ބޭނުންވާތީ އެމަނިކުފާނު އެކްސް މެދުވެރިކޮށް ޕޯލްއެއް ދޫކޮއްލެއްވި އެވެ.

އެގޮތުން ރާއްޖޭގައި ޖެނަރޭޝަނަލް ބޭންއެއް ގެނައުމަށް މި މަހުގެ 3 ވަނަ ދުވަހު ރައީސް ވަނީ އެންމެ އެކަށީގެންވާ އުމުރުފުރައެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ހިޔާލު ކުރި ގޮތް ހިއްސާކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ހުށައަޅުއްވާފައި ވަނީ 2000 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހަށްފަހު އުފަންވެފައިވާ މީހުން ނުވަތަ 2004 ގެ ޖެނުއަރީ އެއްވަނަ ދުވަހަށް ފަސް އަދި 2007 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހަށް ފަހު އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ.

މި ޕޯލްއަށް 5501 މީހުން ހިޔާލު ހުށައަޅާފައިވެއެވެ. މީގެ ތެރެއިން 51.1 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ 2000 ވަނަ އަހަރަށްފަހު އުފަންވެފައިވާ މީހުންނަށް މަނާކުރުމަށެވެ. އަދި 40.8 އިންސައްތަ މީހުން ވޯޓު ދިނީ 2007 ވަނަ އަހަރަށް ފަހު އުފަންވެފައިވާ މީހުންނަށް މަނާކުރުމަށްކަމަށްވާއިރު 8.2 އިންސައްތަ މީހަކު 2004 ވަނަ އަހަރަށްފަހު އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާ ކުރުމަށް ވޯޓު ދިނެވެ.

ޓްވިޓާގައި ހުޅުވާލި ޕޯލް 128،000 މީހުން ބަލާފައިވެއެވެ. އަދި ޓްވީޓަށް 554 މީހުން ލައިކް ދީފައިވާއިރު 545 ރީޕޯސްޓު އަދި 186 ކޮމެންޓު ލިބިފައިވެއެވެ. ފޭސްބުކް އަދި އިންސްޓަގްރާމްއިން ވެސް ހިޔާލު ހޯދުމަށް ހުޅުވާލާފައިވެއެވެ. ފޭސްބުކް ޕޯލްއިން ދައްކާގޮތުން 2007 ވަނަ އަހަރަށްފަހު އުފަންވީ މީހުންނަށް މަނާކުރުމަށް ފެންނަނީ 23 އިންސައްތަ މީހުންނަށެވެ. އަދި 2004 ވަނަ އަހަރަށްފަހު އުފަންވީ މީހުންނަށް މަނާކުރުމަށް 4 އިންސައްތަ މީހުން ވޯޓު ދީފައިވާއިރު 72 އިންސައްތަ މީހުން ވޯޓުދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން މަނާކުރުމަށެވެ.

އިންސްޓަގްރާމް ޕޯލްގައިވެސް ގިނަ މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން މަނާކުރަންށެވެ. އެގޮތުން 45 އިންސައްތަ މީހުން އެ އުމުރުފުރައަށް ވޯޓުދީފައިވާއިރު 43 އިންސައްތައިންވަނީ 2007 ވަނަ އަހަރުން ފެށިގެން ބޭންކުރުމަށް ވޯޓު ދީފައެވެ. އަދި 2004 ވަނަ އަހަރަށްފަހު އުފަންވެފައިވާ މީހުންނަށް މަނާކުރުމަށް 13 އިންސައްތައިން ވޯޓުދީފައިވެއެވެ.

މީގެ ދުވަސްތަކެއް ކުރިން ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ބޭންކޮށްފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމުގެ ގޮތުން ޑިއުޓީ ބޮޑުކޮށްފައިވާއިރު އެ ވަބާއިން ދުރުހެލިވުމުގައި އެހީތެރިވެދިނުމަށްޓަކައި އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ޖެނެރޭޝަނަލް ބޭންގެ ހިޔާލު އެމަނިކުފާނު ހާމަކުރެއްވީ ރައްޔިތުންނާއިއެކު ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕޮޑްކާސްޓްގައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މަގުސަދަކީ އަލަށް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ކުދިން އެކަމުން ދުރުހެލިކޮށް ރައްކައުތެރިކުރުންކަމަށެވެ. އެމަނިކުފާނުވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުމުގެ ގޮތުން ފަންނީ އެކި ފަރާތްތަކާއި ސިއްހީ މާހިރުންގެ ލަފާ ހޯއްދަވާނެކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑެތި މީހުންނަށް ވުރެ، އަލަށް މިކަމަށް ހުށަހެޅޭ ޒުވާނުންނަށް އަމާޒުކޮށް މި ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: