ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނަބިސް ޓްރެފިކްރުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ހާމަކޮށްފައި ވަނީ، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، ކެނަބިސް ދިވެހިރާއްޖެއަށް ޓްރެފިކް ކުރުމުގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ގުޅިގެން، އެ މައްސަލައިގައި ކޯޓަށް ހާޒިރުކުރަން ބޭނުންވާތީކަމަށެވެ. ކޯޓަށް ހާޒިރުނުވާ އެ މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރެއް ނެރެފަ އެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.

ފުލުހުން ހޯދަމުން ދަނީ، އަސްޢަދު ޢަލީ، މ. ރިހިވިދުވަރުގެ / މާލެ (31އ) އެވެ.

އޭނާ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ  ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގެ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން މި މަހުގެ 16 ވަނަ ދުވަހުގެ 09:00 ޖަހާއިރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، އަސްއަދު އަލީ އާ ބެހޭ އެއްވެސް މައުލޫމާތެއް، އެއްވެސް ބޭފުޅަކަށް އެނގިވަޑައިގަންނަވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލްގެ ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ވެސް ފުލުހުން ޝުކުރު އަދާކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: