ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް އެކްސްޕޯ 2025: ވަޒީރު އާދަމް ޝަރީފާއިއެކު މުހިންމު މަޝްވަރާތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެކްސްޕޯ 2025 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފާއިއެކު މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ އެކްސްޕޯއެކެވެ. ”ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025“ ގެ ނަމުގައި، މިއަހަރުގެ މޭމަހުގެ 23 ން  31އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ތައްޔާރުވަމުންދާ މަޢުރަޒުގެ ކަންކަން ހިއްސާކުރުމަށް ވަޒީރު، އާދަމް ޝަރީފާއިއެކު މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

އެގޮތުން އަތޮޅު ތެރޭގެ ބައިވެރިވުން އިތުރު ކުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި އަދި އެކްސްޕޯ 2025 އަކީ ކާމިޔާބު އެކްސްޕޯ އަކަށް ހެދުމަށްޓަކައި އެ މިނިސްޓްރީގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން ވަޒީރު އާދަމް ޝަރީފް ވަނީ ދެއްވާފައެވެ.

މިބައްދަލުވުމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: