ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ނިންމީ އަޒްމިރަލްދާގެ ފަރާތުން ޝާމިލްއާއި ދެކޮޅަށް ހުށަހެޅި މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް!

ފަނޑިޔާރު އަޒްމިރަލްދާ ވަކީލާއެކު- ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގުތަކެއް ހިންގަމުންދާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލަ ކުރިޔަށް ގެންދެވޭނެ ހަމައެއް ނެތްކަމަށް ފުލުހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑު ކުރީ، އޭސީސީ ދީފައިވާ މައުލޫމާތުތަކެއްގެ މައްޗަށެވެ. އެ ތުހުމަތުތަކުގައި ސަސްޕެންޑު ކުރުމުން ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ ކުރިޔަށް ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭސީސީ ބަލަމުން ދާ މައްސަލަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާތަކަށް ވެސް ނުލިބެ އެވެ. އަދި އެ ކޮމިޝަނަށް ފަނޑިޔާރުން ވެސް ހާޒިރުކޮށްފައި ނުވާއިރު މަހާޒާއި އަޒްމިރަލްދާ ދެ ފަހަރެއްގެ މަތީން ޖޭއެސްސީއަށް ހާޒިރު ކުރި އެވެ.

މި މައްސަލައިގައި ކުރަނީ ނެތް ތުހުމަތުތަކެއްކަމަށް ދެ ފަނޑިޔާރުންގެ ގާނޫނީ ވަކީލުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އަޒްމިރަލްދާގެ ފަރާތުން ފުލުހާއި އޭސީސީއަށް ވެސް އެ މައްސަލަ ހުށަހެޅިއިރު ޖޭއެސްސީއާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނާއި މީޑިއާތަކަށް ދިން މައުލޫމާތުތަކަށް އެ ކޮމިޝަނުން ވަނީ ރައްދު ދީފަ އެވެ.

އެންމެ ފަހުން އަޒްމިރަލްދާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހެޅީ، ޖޭއެސްސީއަށް އޭސީސީގެ ރައީސް ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލަ އެކެވެ.

އަޒްމިރަލްދާގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދަޅުވީ، އެ މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގައި ހިނގިކަމަށް ބެލެވޭނެ އަދި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާކަމަށް ބަލަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ފުލުހުން އަންގާފައިވާކަމަށެވެ. އަދި އެ މުވައްސަސާގެ ފަރާތުން ފޮނުވައިވާ ލިއުން ހިއްސާ ކުރެއްވި އިރު، އޭގައި ބުނެފައި ވަނީ އަޒްމިރަލްދާގެ ފަރާތުން ހުށަހެޅި ”ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި، ގާނޫނު އެއްފަރާތްކޮށް ސުޕްރީމް ކޯޓު ހުއްޓުވުމަކަށް ގެނައުމާއި ގުޅޭ“ އެ ޝަކުވާ ކުރިޔަށް ގެންދެވެން ނެތްކަމަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަމްބރުގެ ދަށުން ކަމަށެވެ.

ދެވަނަ މައްސަލައެއް ވެސް ކުރިޔަށް ގެންދެވެން ނެތްކަމަށް ނިންމިއިރު އެއީ، ”އެންޓި ކޮރަޕްޝަން ކޮމިޝަނުން ދޮގު މައުލޫމާތު ދިން“ ކަމަށް ބުނެ ހުށަހެޅި ޝަކުވާއެވެ. އެ މައްސަލައިގައި ފުލުހުން ބުނީ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ މައުލޫމާތު ބަލައިގަތް ޖޭއެސްސީން ވަޒަންކޮށް އެއާއި މެދު ގޮތެއް ނިންމުމުން ނޫނީ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމެއް ނޫންކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އެ ތަހުގީގު ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް ވަނީ އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: