ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ހިދުމަތްތައް އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރު ދޭނެ!

އެމްޓީސީސީގެ ބަހުގެ ހިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދެމުން ގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެމްޓީސީސީގެ ފަރާތުން ވަނީ ދިރާސީ އައު އަހަރު ފެށިގެން އައުމާއިގުޅިގެން ދަތުރުފަތުރުގެ ހިދުމަތްތައް ދޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެމްޓީސީސީން ބުނެފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ސްކޫލު ފެށޭގަޑިން ފެށިގެން ކޮންމެ 15 މިންޓަކުން ބަހުގެ ހިދުމަތްތައް ލިބެމުން ދާނެ ކަމަށެވެ. އަދި ބާރު ބޮޑުވާ ގަޑިތައް ބަލައި މޮނިޓަރ ކޮށް އެ ގަޑިތަކަށް ފްލީޓުގައި އިތުރު ބަސްތަކެއް ހުރިކަމުގައި ވާނަމަ އިތުރު ބަސްތައް ފޮނުވައިގެން ހިދުމަތްތައް ދޭނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ގިނަ ރައްޔިތުން ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތްތައް ކުރެއްވާނެ ކަމަށާއި އަދި ހާއްސަގޮތެއްގައި ދަރިވަރުންނާއި ބެލެނިވެރިންގެ އަދަދު ގިނަވެގެން ދާނެ ކަމަށް އެމްޓީސީސީން ވާނީ ފާހަގަކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ހިދުމަތްތައް ބޭނުންކުރައްވާ ފަރާތްތަކުން ބަސް އަދި ފެރީގެ ތަކެއްޗަށް ގެއްލުން ނުދިނުމަށް އެމްޓީސީސީން ވަނީ އިލްތިމާޒް ކޮށްފައެވެ.

”ބަސް ނަމަ މަގު ބޭނުންކުރައްވާ ފަރާތްތަކުން ވީހާވެއް ރޯޑް ޑިސިޕްލިން ބަހައްޓަވަން، މިސާލަކަށް މަގުގެ ދެފަރާތުގައި ޕާކު ނުކުރުމާއި ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަށް ދުއްވުމަށްވެސ ްއަޅުގަނޑުމެން ވަރަށް ބޮޑަށް އެޑްވައިސްކުރަން. މީގެއިތުރަށް ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން މިދިޔަ އަހަރުވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނު ސްކޫލަށް ކުދިން ގެންދާ ޕޭރެންޓުން ސައިކަލުގައި ގޮސް އެބަ މަޑުކުރޭ މަގުގެ އެއްފަރާތުގައި. އެކަމުގެ ސަބަބުން ބަސް ދަތުރުތަކަށް އެބަ ލަސްތަކެއްވޭ. އެހެންކަމުން އަޅުގަނޑުމެންނަށް އެ ޝަކުވާ އެބަ އާދޭ ބަސް ދަތުރުތައް ލަސްވެގެން ކުދިން ގަޑި ޖެހޭ ކަމަށް“

އެމްޓީސީސީން ބުނެފައިވަނީ ބަސް ދަތުރުކުރަމުންދާއިރު ބަހުގެ ކުރީގައި ގުރޫޕު ހަދައިގެން ވާހަކަ ދައްކަމުން އުޅަނދުގައި މީހުން ދުއްވާ މަންޒަރު ފެންނަ ކަމަށެވެ. އެހެންކަމުން އެކަން ނުކުރުމަށް ވަނީ އިލްތިމާޒް ކޮށްފައެވެ. އަދި ސްކޫލުކުދިންގެ ފަރާތުން ބަސް ތަކަށާއި ވެސެލްތަކަށް ގެއްލުން ދޭ ފަހަރުތައް އަންނަ ކަމަށާއި އެގިތުން ސީޓުތަކުގައި ކުރަހައި ތަޅުދަނޑިހަރާފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރަށް އެމްޓީސީސީން ބުނެފައިވަނީ ޕަބްލިކް ޓްރާންސްޕޯޓަކީ އެކި އުމުރުފުރައިގެން، ނުވަތަ އެކި ގިންތީގެ ކުދި ބޮޑު އެންމެންވެސް ދަތުރުކުރާ ވެސެލްތަކެއް ކަމަށާއި އެހެންކަމުން ބޭއަދަބީ ބަސްތައް ބޭނުން ނުކުރުމާއި އަދި އާއްމު އިޖުތިމާއީ މިންގަނޑާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާޒް ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: