ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ތަރުހީބެއް ލިބިފައިވާ އެލީޓް ރަނާސްގެ ”ހުޅުމާލެ ރަން“ މި އަހަރުގެ ޖުލައި މަހު ފަށަނީ!

އެލީޓް ރަނާސްގެ "ހުޅުމާލެ ރަން" މި އަހަރުގެ ޖުލައި މަހު
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ އެލީޓް ރަނާސްގެ ”ހުޅުމާލެ ރަން“ މި އަހަރުގެ ޖުލައި މަހު ފަށަން ނިންމައިފިއެވެ.

4 ޖުލައި 2025ވާ ހުކުރުދުވަހުގެ ހެނދުނު ބެއްވުމަށް ހަމަޖެހިފައިވާ މި ރަން ހެނދުނު 6:00ގައި ފަށާނީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ރޭހުންނެވެ. އެއް މޭލުގެ ރޭސް ފަށާނީ 7:00ގަ އެވެ. ހުރިހާ ރޭހެއްގެ ފެށުމާއި ނިންމުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. އެޗުޑީސީއާ ގުޅިގެން ބާއްވާ މި ރޭހުގައި ހިމެނޭ ކޮންމެ ބަޔަކުން ވެސް ދެ ޖިންސްގެ ދުވުންތެރިންގެ ތެރެއިން ވަނަ ހޮވައި އިނާމު ދެއެވެ.

މި ދުވުމުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ންނެވެ. މިދުވުމުގެ ސްޕޮންސަރުންނަކީ ކްލިކް ކޮމްޕައުޓަރސް އަދި ބެވަރެޖް ޕާޓްނަރ އަކީ ބޮނަކުއާއެވެ. މި ދުވުމަކީ ރާއްޖޭގައި މިހާތަނަށް ބާއްވަފައިވާ ދުވުންތަކުގެ ތެރެއިން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައިވާ ދުވުމެއްކަން މީހުން ވަނީ ފާހަގަކޮށްފައެވެ.

ރޭހުގެ ކެޓަގަރީ ތަކަށް ބަލާއިރު، 10 ކިލޯ މީޓަރުގެ ރަން އަކާއި، 5 ކިލޯ މީޓަރުގެ ފަން ރަންއަކާއި އަދި ކިޑްސް 1 މައިލް ރަން ހިމެނެއެވެ. 10 ކިލޯ މީޓަރުގެ ރަންގައި 41 އަހަރުން މަތީގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި 5 ކިލޯ މީޓަރުގެ ފަން ރަންގައި 13-17 އަހަރަށް ބައިވެރިވެވެއެވެ.

އެގޮތުން، 10 ކިލޯމީޓަރުގެ ދުވުމުގެ އޯވަރޯލް ކެޓަގަރީއިން އެއްވަނައަށް 7500 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިންވަނައަށް 3500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި 41 އަހަރުން މަތީގެ ކެޓަގަރީން އެއްވަނައަށް 2000، ދެވަނައަށް 1500 އަދި ތިންވަނައަށް 1000 ރުފިޔާ ވަނީ ހުށައަޅާފައެވެ.

ފަސް ކިލޯމީޓަރުގެ ދުވުމުގެ 13-17 އަހަރުގެ އުމުރުފުރާއިން އެއްވަނައަށް 2000 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާ ލިބިގެން ދާނެއެވެ. އަދި އޯވަރޯލް ކެޓަގަރީން އެއްވަނައަށް 3500، ދެވަނައަށް 3000 އަދި ތިންވަނައަށް 2500 ރުފިޔާ ވަނީ ހުށައަޅާފައެވެ.

އެލީޓް ރަނާސްއިން ބުނީ، މި ދުވުން ކޮންމެ އަހަރަކު ވެސް ބާއްވަން ނިންމާފައިވާ ކަމަށާއި ދުވުމުގައި އިލެކްޓްރޯނިކް ޓައިމިންއާއި ރޭސް ރޫޓް މެޕް މެޝާކުރާނެ ކަމަށެވެ. ރޭސް ރޫޓް މެޝާކުރަނީ އެތުލެޓިކްސް އެސޯސިއޭޝަނުންނެވެ. އެލީޓް ރަނާސްއަކީ ދުވުންތެރިންނަށް ތަމްރީނު ދިނުމަށް، 2019 ވަނަ އަހަރު އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: