ލ. ފުނަދޫގައި ފެންބޮޑުވެ، އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެއެވެ
އެމްއެންޑީއެފްއިން މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ބުނެފައިވަނީ، މިހާރު މެދުރާއްޖެތެރެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވާތީ، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުންގެ ސިފައިން ވިއްސާރައިގެ ސަބަބުން ގެތަކަށް ލިބޭނެ ގެއްލުން ކުޑަކުރުމުގެ ގޮތުން ފެންހިންދުމަށްޓަކައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން، މި ވިއްސާރަ ކުރާ މެދު ރާއްޖެތެރެ، ލ. ފުނަދޫގައި ފެންބޮޑުވެގެންވެސް އެމްއެންޑީއެފްގެ ފެން ހިންދުމަށްޓަކައި އެހީތެރިވުމަށް ހަރަކާތްތެރިކަމުންދާކަމަށެވެ.
ލ އަތޮޅުން ފެށިގެން ލ އަތޮޅަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފަ އެވެ. އެެއީ މިރޭގެ 11:00 ޖެހުމާ ހަމަޔަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ވައިގެ 35 މޭލަށް ވައިގަދަވާނެކަމަަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ ދަތުރުފަތުރުކުރާއިރު، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

