މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެމްޓީސީސީގެ ބޯޑަށް އައްޔަންކުރީ ހުޅުމާލެ، ހިޔާ, 8-01-04، ޔާސީން ޙުސައިނެވެ.
ޔާސީންއާއެކު އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އަށް މެމްބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ދެ މެމްބަރުން ހިމެނެއެވެ.
އެމްޓީސީސީގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު އަފީފް ހުސެއިންއެވެ.

