ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަނީ!

ރައީސް މުއިއްޒު އަދި ތުރުކީގެ ރައީސް އުރުދުއާން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީއިން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ އިސް އެއް ސިޔާސަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިގުލާލު ރައްކައުތެރިކުރުމެވެ. އެހެންކަމުން މަގާމާއި ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެންވެސް އެކަން ތަންފީޒުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން އަންކަމަށް ފާހަގަކޮށްފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުން ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި ރައީސް ޑރ މުއިއްޒުވަނީ ކޯސްޓުގާޑު ދެގުނަކުރައްވާފައެވެ. އަދި ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ ގޮތުން ރަހުމަތްތެރި ގައުމުތަކާއި ގުޅުން ބަދަހިކުރައްވަމުން ގެންދަވާފައިވާއިރު އެކަމުގެ ނަތީޖާއެއްގެ ގޮތުން ތުރުކީއިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާހުގެ މަނަވަރެއް ހަދިޔާކުުރުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން މި އުޅަނދު ރާއްޖެއަށް ގެނައުމަށާއި ދިފާއީ ހިދުމަތަށް ނެރުމުގެ ގޮތުން އޮޕަރޭޓްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސިފައިން ތުރުކީގައި ތަމްރީނުވަމުންދާކަމަށް ބުނެފައިވެއެވެ.

ޑިފެންސްއިން ބުނެފައިވާގޮތުން މި އުޅަނދު ސިފައިގެން ހިދުތަމަށް ތައާރަފްވެގެންދިއުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ގާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމުގައި ރައީސް ޑރ މުއިއްޒު އަޅުއްވާފައިވާ މުހިންމު ފިޔަވަޅެެކެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުން މި ފިޔަވަޅަކީ ގާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ދިވެހި ދިފާއީ ބާރަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: