ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއަށް އައު އެސްޖީއަކު ހޯދަނީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ. މި މަޤާމަށް ހޮވޭ ފަރާތަށް މަހެއްގެ މައްޗަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 36،500 ރުފިޔާ ލިބޭނެއެވެ.

އޭސީސީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 20،500 ރުފިޔާ ލިބޭއިރު، ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ލިބޭނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ކޮމިޝަނުގެ އިދާރާ ހިންގުމާއި، ކޮމިޝަނުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން އިދާރީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ. އަދި ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، އެ މަޝްރޫޢުތައް ހިންގައި މޮނިޓަރކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން، ކޮމިޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމާއި، ޚިދުމަތާ މެދު ފާޑުކިޔާނެ ޒަމާނީ ނިޒާމެއް ޤާއިމުކޮށް ތަންފީޒުކުރުމަކީވެސް މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ކޮމިޝަނުގެ ޚަރަދުތައް ކުޑަކޮށް، މަސައްކަތްތަކަކީ ނަތީޖާ ނެރެވޭނެ ގޮތަށް ބައްޓަންކުރެވޭ ކަންކަމަށް ހެދުމަށް މަސައްކަތްކުރުންވެސް ހިމެނެއެވެ.

މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކަށް 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އޭސީސީން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: