ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްމިރަލްދާއާއި މަހާޒް ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު./ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަށު ކޯޓުގައި ކުރިޔަށް ދިޔަ ބަންދުގެ މައްސަލައަކަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ބަންދާއި މެދު ގޮތެއް ނިންމަން އިރުޝާދު ދިންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ތަހުގީގަށް ހާޒިރުވުމަށް ޖޭއެސްސީއިން މަހާޒްއަށް ފޮނުވާފައިވާ އަމުރުގައި ވަނީ 13 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00ށް އެ ކޮމިޝަނަށް ވަޑައިގަތުމަށެވެ. ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުވެވަޑައިގަންނަވަން އަންގާފައިވަނީ ހެނދުނު 10:00 އަށެވެ.

ދެ ފަނޑިޔާރުންވެސް ވަނީ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކަށް ދެ ފަނޑިޔާރުންވެސް ވަނީ އިންކާރު ކުރައްވާފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ ސަސްޕެންޑު ކުރީ، ފިރިމީހާ ޑރ. އިސްމާއިލް ލަތީފް މައްސަލައެއްގައި ހައްޔަރު ކުރުމުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މެސެޖު ކުރެއްވިކަމަށް ބުނެ އެވެ. އަދި އެކަމުގައި މަހާޒް، އަޒްމިރަލްދާއަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް ތުހުމަތު ކުރެއެވެ.

އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާނެކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް މި މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެއެވެ. އެހެންނަމަވެސް ފަނޑިޔާރުންނަށް ކުރެވޭ މި ތުހުމަތުތައް އެ ފަނޑިޔާރުން ވަނީ މުތުލަޤަށް ދޮގު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: