ފުލުހުންގެ މުއައްސަސާއިން ހުޅުމާލޭގައި ތަމްރީނު ހަރަކާތެއް ކުރިއަށް ގެންދާކަމަށް ބުނެފިއެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއިން މިއަދު ހުޅުމާލޭގެ އެއް ވަނަ ފިޔަވަހީގައި އޮޕަރޭޝަނަލް ތަމްރީނު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ 14:00 އިން ފެށިގެން 17:00ގެ ނިޔަލަށެވެ.
މި ހަރަކާތުގައި އެ މުއައްސަސާގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމުތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު މިއީ އޮޕަރޭޝަންތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނުތަކެއްކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މިކަމަށް އާންމުންގެެ އެއްބާރުލުން ދިނުމަށް އެދިފައިވާއިރު ތަމްރީނިތައް ކުރިޔަށް ދާވަގުތު، ހަރަކަތަކާއި ގުޅުވައި ކަންބޮޑުނުވުމަށް އެދިފައިވެއެވެ. އަދި މި ހަރަކާތަކީ ޕްލޭން ކުރެވިގެން އެމަޖެންސީ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށް ބުނެފައިވެއެވެ.

