ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން ގަރާޖު ސިޓީ ދައްކަންޖެހޭ!

ހުޅުމާލެ ފޭސް ދޭއްގައި ކާރުތަކެއް ޕާކުކޮށްފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ފުރޮޅުލީ އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ތަނެއް ދައްކަން ޖެހޭނެކަމަށް ހިމަނައި ޓަރާންސްޕޯޓު މިނިސްޓްރީން ގަވައިދަށް އިސްލާހު ގެނެސްފިި އެވެ.

އަލަށް ގެނައި މި އިސްލާހުގައި ވަނީ އުޅަނދު ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން އެ އުޅަނދެއް ބާއްވާނެ ޖަރާޖު، ނުވަތަ ޝޯރޫމް ނުވަތަ ގުދަން ނުވަތަ ބިމެއް ދައްކަން ޖެހޭނެކަމަށެވެ. އަދި އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހުށަހަޅަން ޖެހޭނީ އެ ތަފްސީލާއި އެކުކަމަށް ގަވައިދުގައި ވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ރެޖިސްޓްރީ ކުރުމުގެ ގަވައިދަށް ގެނައި މި އިސްލާހުގައި ވަނީ އުޅަނދު ރެޖިސްޓްރީ ކުރުމަށް ހުށަހަޅާނީ އެއްގަމު ހިދުމަތަށް އެދޭ ފޯމު މެދުވެރިކޮށް ކަމަށެވެ. އަދި އުޅަނދުފަހަރުގެ ރެޖިސްޓްރާއަށް ނުވަތަ މިނިސްޓްރީއަށް ވެސް އެ ހުށަހެޅިދާނެކަމަށް ވެއެވެ.

ގަވައިދު ބުނާ ގޮތުން ރެޖިސްޓްރީއަށް ހުށަހަޅާއިރު، ފުރިހަމަކޮށްފައިވާ އެއްގަމު އުޅަނދުގެ ހިދުމަތަށް އެދޭ ފޯމު އުޅަނދު ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ އަދި އިމްޕޯޓު ޑިއުޓީ ދައްކަން ޖެހޭ އުޅަނދެއް ނަމަ ޑިއުޓީ ދެއްކިކަމުގެ ލިއުން ހުށަހަޅަން ޖެހޭނެ އެވެ. މިއާއި އެކު އޭ0، އަދި އޭ1 ގެ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު ރެޖިސްޓްރީ ކުރުމަށް ހުށަހަޅާނަމަ އެ އުޅަނދެއް ގަރާޖު ކުރުމަށް ކަމާއި ބެހޭ ގަރާޖު ކުރުމުގެ ހުއްދަ ބޭނުންވާނެ އެވެ.

މީގެއިތުރުން ކުންފުނީގެ އުޅަނދުތަކަށް ވެސް، އެކަން އެނގޭނެ ލިއުމެއް ހުށަހަޅަން ޖެހޭނެކަމަށް ގަވައިދުގައި ވަނީ ހިމަނާފަ އެވެ.

މި އައު ގަވާއިދުގެ ދަށުން، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ބާއްވާނެ ގަރާޖެއްގެ ވެރިފަރާތުގެ ހުއްދަ، އައިޑީ ކާޑުގެ ކޮޕީ އަދި ގަރާޖް ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހޭނެއެވެ.

ގަވާއިދުގައި ރަޖިސްޓްރީ ނުކުރެވޭނެ އުޅަނދުތަކުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ބޭނުންކޮށްފައިވާ 250 ސީސީ އަށްވުރެ ދަށުގެ މޯޓޯސައިކަލްތަކާއި، 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާފައިވާ ސައިކަލްތައް، އަދި 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކާރު، ވޭން އަދި ބަސްފަދަ އުޅަނދުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: