ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްލޯބަލް ގަވަމަންޓް ސަމިޓްގައި މިނިސްޓަރ ހައިދަރު ޚިތާބުދެއްވައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްލޯބަލް ގަވަރމަންޓް ސަމިޓްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ޚިތާބު ދެއްވަވައިފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސަމިޓަކީ ”ގްލޯބަލް ގަވަރމަންޓް ސަމިޓް: އަ ސްޓެޕް ޓުވަރޑްސް ސޯޝަލް އިނޮވޭޝަން“ ގެ ނަމުގައި ލަކްސްއެމްބާރގްގައި ކުރިއަށްދިޔަ ސަމިޓެކެވެ.

މި ޚިތާބުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ފަރާތުން އިޖުތިމާޢީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

މީގެ އިތުރުން، މި މަސައްކަތްތައް ކާމިޔާބުކަމާއިއެކު ފުރިހަމަކުރުމުގައި، ބައިނަލްއަޤްވާމީ އެކިއެކި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

ލަކްސްއެމްބަރގްގައި ކުރިއަށްދިޔަ ދެ ދުވަހުގެ މި ސަމިޓަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބޭއްވުނު ސަމިޓެކެވެ. އެގޮތުން، މި ސަމިޓްގައި، ޔޫއެންގެ އޭޖެންސީތަކާއި، އެންޖީއޯތަކުގެ އިތުރުން ޖުމްލަ 65 ޤައުމެއްގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: