ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ މަޖިލީހަށް އަދި އަހަރެއް ނުފުރޭ، ނަމަވެސް ގިނަ ގުނަ މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ: ފަލާޙު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ވިހި ވަނަ ދައުރުގައި ޤައުމަށް ވަރަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތްކަމަށް ފާހަގަކޮށް އެމްޑީޕީގެ މެންބަރުން ފާޑު ވިދާޅުވެފައިވާތީއެވެ. މިއަދުގެ އެޖެންޑާއިގައިވެސް ކުރާނެ މަސައްކަތެއް ނެތްކަމަށް ފާޙަގަކޮށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައްދުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މިހާރު ހިސާބަށް 20 ވަނަ މަޖިލީސް އައިރު، ކޮށްފައިވާ މަސައްކަތްތައް ބެލުމުން މި ޤައުމަށް ވަރަށް ފައިދާހުރި، ވަރަށް ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަވާނެކަމަށެވެ. ވަރަށް މުހިންމު ގާނޫނުތަކާއި ވަރަށް މުހިންމު އިޞްލާޙުތަކެއް ގެނެސްފިކަމަށްވެސް ވިދާޅުވިއެވެ. ވަރަށް މުހިންމު ގާނޫނުތަކެއް އަލަށްވެސް ތަޢާރަފުކޮށްފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.

މިހާ ހިސާބަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތްތަކަށް ބަލާފިކަމަށްވާނަމަ، މި ގައުމަށް ވަރަށް ފައިދާހުރި، ވަރަށް ހިދުމަތްތެރި މަސައްކަތްތަކެއް. ވަރަށް މުހިންމު ގާނޫނުތަކާއި ވަރަށް މުހިންމު އިސްލާހުތަކެއް ގެނެސްފި.

ފަލާހު ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަދި އަހަރެއްވެސް ނުފުރޭކަން ފަލާހު ފާހަގަކުރެއްވިއެވެ. ހޭދަވި މުއްދަތާއި އަޅާ ބަލާއިރު، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ލިބުނީ ދެ ޗުއްޓީކަމަށާއި، ނަމަވެސް ޗުއްޓީގެ މުއްދަތުގެ 50 އިންސައްތަގައި މަޖިލީހަށް ނިކުމެ، މަޖިލީހުގެ މަސައްކަތްތައް ކޮށްފައިވާނެކަމަށް ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހާއި ހިލާފަށް، މި މަޖިލީހުން ކުރަމުންދަނީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއްކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ އެމްޑީޕީގެ މަޖިލީހުން ގެނައީ ތާކުން ތާކު ނުޖެހޭ މަސައްކަތްތަކެއްކަމަށެވެ. ފަހު ދުވަސްތަކުގައި ކުރި މަސައްކަތަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކުރުމަށްޓަކައި އިސްލާހުތައް ގެނައުމުގެ މަސައްކަތްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތްތައްވެސް މަޖިލީހުން ކުރަމުން އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ކޮންމެ ދުވަހަކު ކޮމިޓީތަކަށް ހާޒިރުކޮށް ޖަވާބުދާރީކުރުވަމުން ގެންދާކަމަށް ފަލާހު ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ކުންފުނިތަކުގެ ވެރިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުން ދިޔައިރު، މަޖިލީހުން ޖަވާބުދާރީ ކުރުވުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި، އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް މި މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ފަލާހު ފާހަގަކުރެއްވީ އާރުޑީސީއާއި ފެނަކައިގެ ވާހަކަތަކެވެ.

ފަލާހު ވިދާޅުވީ މަޖިލީހުގެ ފްލޯގައި މަސައްކަތްތަކެއް ނެތް ނަމަވެސް، ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: