ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުން ރާއްޖެ އެތެރެވުން މަނާ ކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި މެދު ގޮތެއް ނިންމައި، ހަމަލާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ދިރާސާ 241 ކޮމިޓީގައި ތާށިވެ، އެ މަސައްކަތުގެ ތަފްސީލެއް ނުލިބޭތީ މިފަހުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ. އަދި ބިލުގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީއަށް ނިންމަން މިދިޔަ އަަހަރު ނިންމުމަށް ފަހު އަނެއްކާވެސް އެ މުއްދަތު ޖުލައި މަހަށް ބަދަލު ކުރި އެވެ.

ކޮމިޓިއިން ވަނީ މީގެ ކުރިން ފަތުރުވެރިކަމުގެ އެކި ޖަމިއްޔާތަކާއި، ކަމާއި ގުޅުން ހުރި އެކި އިދާރާތަކާއި ބައްދަލުކޮށްފަ އެވެ. އަދި މިއަދު ބައްދަލުވުމެއް ކުރިޔަށް ގެންދިޔައީ، ބިލާއި ބެހޭ ގޮތުން މަޝްވަރާ ނުކުރާތާ ގިނަ ދުވަސްތަކެއް ގެނައުމަށް ފަހު އެވެ.

މި ބައްދަލުވުމުގައި އިމިގްރޭޝަނުން ހުށަހެޅީ، އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކަށް އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަށެވެ.

އިމިގްރޭޝަނުން އެގޮތަށް ހުށަހެޅީ، އެ މީހެއްގެ އަތުގައި ދެ ގައުމެއްގެ ޕާސްޕޯޓު ނޫނީ ޑުއަލް ސިޓިޒެންޝިޕް އޮންނަކަން ކަށަވަރު ކުރެވޭނެ މެކޭނިޒަމްއެއް ނެތުމުންނެވެ. އެހެންކަމުން މިހާރު ބިލުގައި އޮތް ގޮތަށް، އިސްލާހު ގެނެސްގެން އެގޮތަށް ތަންފީޒު ނުކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެއަށް ފަހު އިތުރު ގޮތެއް ނިންމުމަށް ބައްދަލުވުން ބޭއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި މަޝްވަރާ ކުރުމަށް ފަހުއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ކޮމިޓިން ނިންމީ، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ހުށަހެޅުމަށެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުގެ (ނ) ގެ ފަހަތަށް (ރ) އިތުރުކޮށް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަން ދެން އިޒްރޭލުގެ ޕާސްޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ކޮމިޓީން މިގޮތަށް ފާސްކުރި ނަމަވެސް މި އިސްލާހު ފާސްވާނީ، ތަޅުމަށް ހުށަހަޅައިގެންނެވެ. އަދި ތަންފީޒު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: