ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާއެއް ނުލިބިފައި އެބަތިބި، އެ ދަރިވަރުން މިހާރު ތިބީ ލޯނު ދައްކަން ފަށަންޖެހިފައި: އަމީން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕައިލެޓުކަން ކިޔަވައިގެން އައުމަށް ފަހު ވަޒީފާގެ ފުރުސަތު ނުލިބި ތިބި އެތައް ދަރިވަރުންނެއް ތިބިއިރު މިއީ ކުރީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އަމީން ވިދާޅުވީ މިއީ އެއްފަހަރާ ގިނަ ދަރިވަރުންތަކަކަށް ޕައިލެޓުކަން ކިޔެވުމަށް ޖާގަ ދިނުމުގެ ސަބަބުން ނިކުތް ނަތީޖާ އެވެ. މިހާރު ވެސް ޕައިލެޓު ތަމްރީނު ހަދަމުންދާ ދަރިވަރުންތައް ތިބިއިރު، ކިޔަވައި ނިމިގެން އައިސް ވަޒީފާއެއް ނުލިބި ތިބި 200 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބިކަމަށް އަމީން ވިދާޅުވި އެވެ.

އެއްވެސް ވަރަކަށް ވިސްނުމަކާއި ނުލައި މިހާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ސްޓޫޑެންޓު ލޯނު އެމްޑީޕީގެ ސަރުކާރުގައި ދޫކޮށްފައި ވަނީ އަމީން ތުހުމަތު ކުރައްވާފައިވާ ގޮތުގައި ސިޔާސީ ބޭނުމެއްގަ އެވެ.

އަމީން ވިދާޅުވީ މިހާ ގިނަ އަދަދަކަށް ޕައިލެޓުކަން ކިޔެވުމަށް ސްޓޫޑަންޓް ލޯނުތައް އެޕްރޫވް ކުރުމުން މީގެ ކުރިން ވެސް އޭނާ އެކަމަށް އަޑުއުފުލައި ވާހަކަ ދައްކާފައިވާނެކަމަށެވެ. އަދި މީގެ ސަބަބުން އެތައް ދަރިވަރެއްގެ މުސްތަގުބަލަށް ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކުރި އެވެ.

އަމީން ވިދާޅުވީ އޭރު ކިޔަވަން ދިޔަ ބައެއް ދަރިވަރުން، ކޯސް ނިންމައި އެނބުރި ރާއްޖެ އައިސްފައިވާއިރު މި މަސް ތެރޭގައި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެއެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގައި ކެޑޭޓު ޕައިލެޓުންނަށް، އެހެން ގައުމަކުން ވަޒީފާ ނުލިބޭކަން ވެސް އަމީން ފާހަގަކުރި އެވެ. އަމީން ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ޕައިލެޓުންގެ ބޮޑު ބެކްލޮގެއް އޮންނަކަމަށާއި އެ ގައުމުތަކުގައި ފުރަތަމަ އިސްކަން ދެނީ ވެސް ކިޔަވައި ނިމިގެން އަންނަ ދަރިވަރުންނަށް ކަމަށެވެ.

މީގެއިތުރުން އަމީން ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެކަނި ވެސް ޕައިލެޓުކަން ކިޔަވަން 500 ދަރިވަރުންނަށް ފުރުސަތި ދިންކަމަށެވެ. އަދި އެ ފުރުސަތު ދިން އިރު ވެސް 300 އެއްހާ ދަރިވަރުން ތަމްރީނުތައް ހަދަމުން ދިޔަކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ކެޑޭޓު ޕައިލެޓުން ނަގަނީ ހަމައެކަނި މޯލްޑިވިއަންއާއި ޓީއެމްއޭ ކަމަށެވެ. އެހެން ނަމަވެސް އެ ދެ ކުންފުނި އެއްކޮށްލައިގެން ވެސް އުފެދޭ ވަޒީފާގެ އަދަދަކީ 25 ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ހައްލު ކުރެވެން އޮތީ އަމީން ވިދާޅުވި ގޮތުގައި ދެ އެއާލައިންގެ ވެސް ހިދުމަތްތައް ފުޅާކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: