ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލަން ނިންމައިފި

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ މަޖިލީހަށް ހުށަހެޅުއްވި ޝަކުވާއަކާ އެކު އެ މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ ތަހުގީގު ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ މައްސަލަ ބެލުމަށް ފަނޑިޔާރު އަޒްމިރަލްދާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވިއެވެ. ޖޭއެސްސީގެ މެމްބަރުން އަމަލުކޮށްފައިވާ ބައެއް ގޮތް ގޮތް ކަމަށް ބުނެ ނުކުތާތަކެއް ވަނީ ހުށައަޅާފައެވެ. އެގޮތުން:

  • ގާނޫނީ ވަކީލެއް ހޯދުމުގެ ހައްގުން ނިގުޅައިގަތުން
  • އިޖުރާއީ ގޮތުން ފާހަގަކުރަން ބޭނުންވި ކަންކަން ފާހަގަކުރުމަށް އަޒްމިރަލްދާގެ ގާނޫނީ ވަކީލަށް އެ ފުރުސަތު ނުދިނުމާއި ކޮމިޓީގައި ވަކީލަށް ފުރުސަތެއް ނުދެވޭނެ ކަމަށް ކޮމިޓީން ބުނުން
  • ތަހުގީގު މަރުހަލާގައި ގާނޫނީ ވަކީލަށް މަޝްވަރާކުރެވޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެ ކޮމިޓީން އެކަން މާނަކޮށްފައިވަނީ ފަނޑިޔާރުގެ ވަކީލަށް މުތުލޮގަށް އެ ބައްދަލުވުމުގައި ހަނު ހުންނަން ޖެހޭ މޭރުމުން ކަން
  • ގާނޫނީ ވަކީލުގެ މަޝްވަރާއަށް ހުރަސް އަޅާފައިވުން
  • ގާނޫނީ އަދި އިޖުރާއީ ކަންކަން ފާހަގަކުރުމަށް ވަކީލަށް ފުރުސަތު ނުދިނުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކުން ފަނޑިޔާރު މަހުރޫމް ކުރުން ކަން

އަޒްމިރަލްދާގެ ސިޓީގައި ޒާތީ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ވިދާޅުވެ ކޮމިޓީގެ ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަނީ ކޮމިޓީ ސިއްރު ކުރުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ސިޓީ ކިޔަމުންދާ ވަގުތު ޒާތީ މައުލޫމާތުތައް އުނިކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ޒާތީ މައުލޫމާތުތައް ހިމެނޭ ކަމަށް ވިދާޅުވެ ސިޓީ ކޮމިޓީއަށް އިއްވަމުން ދިޔަ ވަގުތުގެ ބޮޑު ބައިގައި ލައިވްސްޓްރީމްގެ އޯޑިއޯ ވަނީ މެދު ކަނޑާލާފައެވެ.

އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ ތަހުގީގު ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ މައްސަލަ ބެލުމަށް ފަނޑިޔާރު އަޒްމިރަލްދާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވިއެވެ.

ތަހުގީގު ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ:

  • ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު
  • ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު
  • ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެންބަރު އަލީ އަބްދުއްލަތީފް

މައްސަލަ ބެލުމަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. މައުރޫފުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވުމަށް ފަހު ކޮމިޓީން ކުރާނެ ކަންކަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެއީ:

  • ކަން ހިނގި ގޮތް ޖޭއެސްސީން ލިޔުމުން ހޯދުމަށް
  • ޖޭއެސްސީގައި ހުރި އެ މައްސަލަތަކުގެ ލިޔެކިޔުންތަކާއި ސްޓެންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ތައް ނުވަތަ އޮންނަ އުސޫލުތަކުގެ ލިޔެކިޔުންތައް ހޯދުމަށް
  • ލިޔެކިޔުންތައް ބެލުމަށް ފަހު ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ނިންމައި ހާޒިރުކުރުމަށް

އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގައެވެ. ޖޭއެސްސީން ދަނީ އެއަށް ފަހު މަހާޒުގެ ދެ ސުލޫކީ މައްސަލައެއް އަދި އަޒްމިރަލްދާގެ ތިން ސުލޫކީ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަތަކަކީ:

  • އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް
  • ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ އެ މައްސަލަ ބެލުން
  • ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: