ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސްޕްލާންޓު ގަތުމުގައި ކޮރަޕްޝަން: ސައީދަށް ދައުވާ ކޮށްދޭން އެދި އޭސީސީ ޕީޖީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައިން ގަތުމުގައި ކުންފުނީގެ ގާނޫނުތަކާއި ހިލާފުވެފައިވުމާއި ނާޖާއިޒު ފައިދާ ހޯދި މައްސަލައިގައި ދައުވާކޮށްދިނުމަަށް އެދި އެންޓ-ިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާރ ޖެނެރަލް އޮފީސް (ޕޖީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީން މިއަދު ނެރެނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް 13 އޭޕްރިލްގައި ފޮނުވައިފައިވާކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އޭސީސީން އެދިފައިވަނީ، ކުރީ ސަރުކާރުގައި ފެނަކާގެެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި، އަހްމަދު ސައީދު މުހައްމަދު އާއި އޭރުގެ ޗީފް އެކައުންޓެންޓު މުހައްމަދު މަސްއޫދަށެވެ.

ސައީދުގެ މައްޗަށް ދައުވާކޮށްދޭން އެދޭ ސަބަބެއްކަމަށް ބަޔާނުގައި ވަނީ އޭނާ އެމްޑީގެ މަގާމު އަދާކުރެއްވިއިރު، މާމެންދޫގައި ކައިޒާން އިންވެޓްމެންޓުން ހަވާލުވި ޕްރޮޖެކްޓަކީ، ”އިންޓާނަލް ރޭޓް އޮފް ރިޓާން“ އަދި ”ނެޓް ޕްރެޒެންޓް ވެލިއު“ ވަރަށް ބޮޑަށް ނެގެޓިވް ޕްރޮޖެކްޓެއްކަން އެނގިހުރެ، މިނިސްޓްރީ އޮފް ފިޝަރީޒްއާއި ފެނަކާއި ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އެ އައިސްޕްލާންޓް ކައިޒާން އިންވެސްޓްމެންޓުގެ ފަރާތުން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއި ފެނަކައިގެ ދެމެދުުގައި އޮތް އެއްބަސްވުމުގެ ދަށުން ހުރި ސަރުކާރުގެ ސިޔާސަތުތައް ބަދަލުވެގެންދާނެކަމަށް ބޯޑު މެމްބަރުންނަށް ދޮގު ހެދުމުންނެވެ.

މީގެއިތުރުން، ފެނަކައިން ގަތް އައިސްޕްލާންޓުގެ އިވެލުއޭޝަންގެ ގޮތުގައި ހުށަހަޅައިފައިވަނީ މާކެޓް ވެލިއުއަށްތުރެ މަތީ އަގެއްގައިކަމަށް ވެއެވެ. އަދި މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން އިވެލުއޭޝަން ތައްޔާރުކުރިކަން އޭސީސީގެ ތަހްގީގުތަކުން ފާހަގަކުރެވޭތީ، މަސްއޫދުގެ މައްޗަށްވެސް ދައުވާކުރުމަށް ނިންމީކަމަށް އޭސީސީން ބުނެފައިވެއެވެ.

މި ދެފަރާތުގެ މައްޗަށް ދެކުށެއްގެ މައްޗަށް ދައުވާކުރުމަށް ވަނީ ޕީޖީ އޮފީހަށް ހުށަހަޅައިފައިކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނިއެވެ. މިގޮތުން، ގާނޫނު ނަމްބަރު 9/2014ގެ 513 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާގޮތުން، ރަސްމީ ހައިސިއްޔަތް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި 517 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގަ ފައިދާ ނުލިބޭ ގޮތަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފައިކަމަށް އޭސީސީން ބުންޏެވެ.

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: