ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރަނގަޅު ނިޒާމެއް އޮންނަން ޖެހޭ: ފަޒީލް

ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޒީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް އަމިއްލަ ޖީބުން ހަރަދުނުކޮށް މިކަމަށް ކޮންމެވެސް ކަހަލަ ފޯމެޓެއް އޮންނަން ޖެހޭކަމަށް ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޒީލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރުންގެ މުސާރައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފަޒީލް ވިދާޅުވީ ރައްޔިތުންނަށް އެހީ ވުމަކީ މަޖުބޫރުކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ ތެރެއިން ނިކަމެތި މީހަކު އައުމުން ދެން އެހީވާނެ އިތުރުފަރާތެއް ނީންނާނެ ކަމަށެވެ. ރައްޔިތުންނަށް އެގޮތަށް އެހީތެރިވެދޭން މަޖުބޫރުވަނީ ސިސްޓަމްގެ ތެރެއިން އެހެން އެކަން ކޮށްދެވެން ނެތުމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ދެން އޮތީ ބައްދަލުކުރުން. އަޅުގަނޑުމެންގެ ތެރޭގައިވެސް ތިބޭނެ ދެއްތޯ ޒުވާނުންވެސް، މުސްކުޅިންވެސް ވަރަށް ގިނަ ބޭބޭފުޅޫން. މިއިން ކޮންމެ މީހަކާއި ބައްދަލުކޮށްލަން ގެޔަކަށް ނުއެއް ދެވޭނެ އަޅުގަނޑުމެންނަކަށް. މަޖިލިސް އިދާރާއަށް ގެނެވިދާނެ. އެހެންނަމަވެސް އެއީވެސް އެމީހުންނަށް ފަސޭހަ ކަމެއް ނޫން. އެހެންކަމުން ކޮންމެވެސް ކެފޭއެއްގައި މި ބައްދަލުކުރަނީ. އެހެން ކޮންމެ ގުރޫޕަކާއި ބައްދަލުކުރުމައި 200 ނުވަތަ 300 ވަރު ހިނަގއިދައިނެ. ދުވާލެއްގެ މައްޗަށް ބަލާނަމަ ވަރަށް ގިނަ އަދަދުން ހަމަ ހަރަދުވެދާނެ. މިއީ އަޅުގަނޑުމެންނަށް ރީޕޭއެއް ލިބޭ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ މުސާރައިނ އަމިއްލަ ޖީބުން ކުރާ ހަރަދުތައް“

ބޭރުގައުމުތަކުގެ ވާހަކަދައްކާއިރު ނިސްބަތުންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރާ އެގައުމުތަކުގައިވެސް ވަރަށް ބޮޑު ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މީގެއިތުރަށް އެތަންތަނުގައި ދާއިރާތަކަށް ކުރާ ޒިޔާރާތައް ހަރަދު ކޮށްދޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން މެމްބަރު ވިދާޅުވީ މަޖިލިސް އިދާރާއިން ދާއިރާގެ ރައްޔިތުންނަށް ހަރަދުކުރާނެ ބަޖެޓެއް ކަނޑައެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖުމްލަ ރައްޔިތުންނަށް ބަލާއިރު މަޖިލިސް މެމްބަރުންގެ މުސާރާ ބޮޑުވެގެން އެކަމާއި ކަންބޮޑުވެގެން ނޫޅޭ ކަމަށް މެމްބަރު ފަޒީލް ވިދާޅުވިއެވެ. އަދި އެ ވާހަކަތަކަކީ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ މަޖިލިސް މެމްބަރުން ނިކަމެތި ކުރުމަށް ދަށްކާ ވާހަކައެއް ކަމަށް ފަޒީލް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: