ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރަށްވުރެ ފަތުރުވެރިންގެ އަދަދު 6.2 އިންސައްތަ އިތުރު: ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު 6.2 އިންސައްތަ އިތުރުކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޭޕްރިލް 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 736،775 (ހަތް ލައްކަ ތިރީސް ހަހާސް ހަތްސަތޭކަ ހަތްދިހަ ފަހެއް) ފަތުރުވެރިން އައިސްފައިވެއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އައިސްފައި ވަނީ 693،869 (ހަ ލައްކަ ނުވަދިހަ ތިންހާސް އަށްސަތޭކަ ފަސްދޮޅަސް ނުވަ)  ފަތުރުވެރިންނެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުން ނިމިދިޔަ އަހަރުގެ އޭޕްރިލް އެއްވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން އައި އަދަދުތަކަށް ވުރެ މި އަހަރު 16.1 އިންސައްތަ އިތުރެވެ.

މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

އެ ގައުމުން ރާއްޖެއަށް 81،001 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި އޮތީ ޔޫކޭ މާކެޓުކަމަށްވާއިރު އެ ގައުމުން 80،535 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައިގައި އޮތް ރަޝިއާ މާކެޓުން އައިސްފައި ވަނީ 76،243 ފަތުރުވެރިންނެވެ. އަދި އިޓަލީ މާކެޓު ހަތަރު ވަނައިގައި އޮތްއިރު އިންޑިއާ މާކެޓު އޮތީ ޖަރުމަނުވިލާތަށް ފަހު 6 ވަނައިގައި ކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 70.1 އިންސައްތަ މީހުން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށް ކަމަށްވެސް ހިއްސާކޮށްފައިވެއެވެ. 24.4 އިންސައްތަ މީހުން ގެސްޓް ހައުސްތަކަށް ގޮސްފައިވާއިރު ހޮޓެލްތަކަށް ޒިޔާރަތްކޮށްފައިވަނީ 3 އިންސައްތަ ފަތުރުވެރިންނެވެ. އަދި ސަފާރީތަކަށް 2.5 އިންސައްތަ ޒިޔާރަތްކޮށްފައިވާކަންވެސް މިނިސްޓްރީގެ މައުލޫމާތުތަކުން ފެނިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: