ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަކީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތްﷲ ދެއްވާ އެއްޗެއް ކަމަށާއި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެހެންކަމުން ޖަމީލަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވީ  ސިޔާސީ ވިޔަސް ދައްކަން ހެޔޮ ނުވާނެ ވާހަކަތައް ހުންނާނެ ކަމަށެވެ. އަދި ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެ ރަންވެފައި ތިބޭ ކަމަށާއި 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ހިތަށް ގެނައުމުން ބޮޑުތަނުން ރަނގަޅުވާނެ ކަމަށެވެ.

”ސިޔާސީވިޔަސް މީ ފުކެއް ބޮޑުވަރު. ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ. ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله سبحانه وتعالى ދެއްވާ އެއްޗެއް. އަދި އަޅުގަނޑުމެން އުނގެނި ޤަބޫލުކޮށްގެން މިތިބީހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާންގެ ކަމަށް. އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި“

މި މައްސަލައިގައި ޖަމީލާއި ޕީއެންއެފްއަށް ބޮޑެތި ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ. އަދި ސަރުކާރުގެ އިސްބޭފުޅުން ވެސް ޖަމީލަށް ރައްދު ދިނެވެ.

މިކަމާއި މެދު ކަންބޮޑުވުންފާޅުކޮށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ދިވެހިރާއްޖޭގައި ފާއިތުވެގެންގޮސްފައިވާ ވެރިކަންތަށް ބަދަލުކުރަން ވަރަށް ގިނަ ގޮތްގޮތުން ވަނީ މަސައްކަތްކޮށްފައިކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމުން ދުރު ކުރުމަށް ކުރެވެން އޮތް ކަމެއް ކޮށް އެކަން ނުވުުމުން ދެން ދުއާކުރަން ފެށީ އެމަނިކުފާނު އަވަހާރަވޭތޯކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: