ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ޓަވަރު ސަރަހައްދުގައި ދާއިމީ ތިން ބުރީގެ މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު ސަރަޙައްދުގައި އިމާރާތްކުރާ ދާއިމީ މިސްކިތްތަކުގެ ތެރެއިން، ދާއިމީ ތިން ބުރީގެ މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވަޒީރު ވިދާޅުވެފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވިގެންދާނެ ކަމަށެވެ. އަދި ”ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން“ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މެއި މަހުގެ ފަހުކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކުރާ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް މިހާރު ވަނީ ފަހު މަރުހަލާއަށް ގޮސް، އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިވަގުތު ގިނަ މިސްކިތްތަކެއްގެ އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތައް އަވަސްކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ އިމާރާތްކުރާ ފަރާތްތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: