ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖީދިއްޔާ ސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި އިލްމީ ބަގީޗާ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖީދިއްޔާ ސްކޫލުގެ 98 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ އަރިސްކުރައްވައިފިއެވެ. މި ތަހުނިޔާގައި އެ ސްކޫލަކީ ޤައުމުގެ އެންމެ ޝަރަފްވެރި ”އިލްމީ ބަގީޗާ“ ކަމުގައި ސިފަކުރައްވާފައިވެއެވެ.

ރައީސް އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”މަޖީދިއްޔާގެ ފަޚުރުވެރި ހިޔަލުން“ މި ޤައުމަށް ގެނުވި ކުރިއެރުމާއި، ”މަޖީދިއްޔާ ނޫރުން“ މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ. އަދި މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމުގައިވެސް ސިފަކުރައްވާފައިވެއެވެ.

މަޖީދިއްޔާގެ ތާރީޚީ ފެށުން

މަޖީދިއްޔާ ސްކޫލުގެ ފެށުމަކީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއް ސަލާހިއްޔާގެ ނަމުގައި ފެށުނު މަދަރުސާއެވެ. މި މަދަރުސާ ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހިންގަން ފެށުނީ އޭރުގެ ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ޝެއިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީއާއި ޝައިޚް ހުސައިން ސަލާހުއްދީން ދެއްވި ލަފާގެ މަތިންނެވެ.

ތަރައްޤީގެ މަގުގައި

2011 ވަނަ އަހަރު ގެނެވުނު ބޮޑު ބަދަލާއެކު، ސާނަވީ ސްކޫލެއްގެ ގޮތުގައި ހިންގަމުން އައި މަޖީދިއްޔާ ސްކޫލް، އިބްތިދާއީ މަރުޙަލާވެސް ހިމެނޭ ސްކޫލަކަށް ބަދަލުކުރެވުނެވެ. މީގެއިތުރުން، އެހާތަނަށް ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަކުރެވިފައިވާ ސްކޫލެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރު ވަނީ ދެ ޖިންސުގެ ކުދިންނަށް ހުޅުވާލެވިފައެވެ. މި ބަދަލާއެކު ސްކޫލުން ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިޙާނު ހެދި ދަރިވަރުން ނިކުތީ 2021 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: