ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ސީއެންއެފް ވަފުދެއް ހުއިފިލަންޑާ ހިއްކާ ސަރަހައްދަށް ޒިޔާރަތްކޮށްފި

ހުއިފިލަނޑާ ހިއްކާ ސައިޓަށް ޒިޔާރަތްކުރި ވަފުދު/ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ޗޭމްބާރސް އޮފް ކޮމާސް ފޯރ ފޫޑް ސްޓަފް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެންއެފް)ގެ ވަފުދެއް ހުޅުމާލޭގެ ހުއިފިލަންޑާ ހިއްކާ ސަރަހައްދަށް ޒިޔާރަތްކޮށް، ލޯކަލް އެކްސްޕޯޓަރުންނާ ބައްދަލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓުން މައުލޫމާތު ދެއްވިގޮތުގައި، މި ދަތުރުގެ މައިގަނޑު މަގްސަދަކީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓުގެ ދަށުން ޑިއުޓީ ފްރީ އެކްސެސް ލިބިގެންދާނެ އެކްސްޕޯޓުތައް ކުރިއެރުވުމުގެ ފުރުސަތުތައް ދެނެގަތުމެވެ.

މި ދަތުރާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް، މުހައްމަދު ސައީދު ވިދާޅުވީ، ”ސީއެންއެފްގެ މަންދޫބުން ކުރި ދަތުރުގެ މަގްސަދަކީ ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަ އެފްޓީއޭ އެގްރީމެންޓު މެދުވެރިކޮށް، ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރިއެރުވުމަށް އެހީތެރިވުމެވެ.“ އަދި ވަފުދުން ވަނީ ލޯކަލް ޕްރޮސެސިންގ ފެސިލިޓީތަކަށް ޒިޔާރަތްކޮށް، ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާވެސް ބައްދަލުކޮށްފައެވެ.

2014 ވަނަ އަހަރު ސޮއިކުރެވުނު ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން، ދިވެހިރާއްޖޭގައި ޕްރޮސެސްކޮށް އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް ޒީރޯ ރޭޓް ޓެރިފްގައި ޗައިނާއަށް އެކްސްޕޯޓުކުރެވޭނެއެވެ. މި އެގްރީމެންޓުގެ ބިލް ފާސްކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.

އެގްރީމެންޓުގެ ދަށުން ޑިއުޓީ އެކްސެމްޕްޝަން ލިބޭ 296 ކެޓެގަރީގެ ތެރޭގައި ހުއިފިލަންޑާ، ލޮނުޖަހާފައިވާ މަސް، ފާނަ، މެރިކަލްޗަރ ޕްރޮޑަކްޓްސް، ލައްޓި އަދި ކަންނެލީގެ ބާވަތްތައް ހިމެނެއެވެ. މި އެގްރީމެންޓުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: