ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީގެ ހަރަކާތްތަކުގައި ޗެއަރޕާސަން އަދި ރައީސް ނުފެންނަ ވާހަކަ މެމްބަރުން ދައްކާ: ރީކޯ

މޫސާ މަނިކު އަދި ޗެއަރޕާސަން ފައްޔާޒްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތީގެ ހަރަކާތްތައް ނުކުތުމުން ޗެއަރޕާސަން އަދި ޕާޓީގެ ރައީސް ނުފެންނަކަމުގެ ކަންބޮޑުވުން ބައެއް މެމްބަރުން ހިއްސާކުރާކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، 2023 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި ނަމަވެސް އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް ފުރުސަތު ލިބިގެން ނުދާކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު ރިޔާސީ ކެމްޕެއިންގައި ހުރިހާ ރަށަކަށް ވަޑައިގެންނެވިއިރުވެސް އެއްވެސް ރަށެއްގައި މައިކުވެސް ދީފައިނުވާކަމަށް ހިއްސާކުރެއްވިއެވެ.

މޫސަ ވިދާޅުވީ، މައިކު ދޭނެ މީހުން ކަނޑައެޅުމުގެ މަސައްކަތްތައް ކުރަމުން ގެންދެވީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްކަން ފަހުން އެނގިގެންދިޔަކަމަށެވެ. އެހެންކަމުން ޕާޓީގެ ތެރޭގައި ހިނގާ ކަންކަން ސާފުނުވާކަމަށާއި ނަމަވެސް ރައީސް ސާލިހު އުފެއްދެވި ކޮމިޓީއެއްގައި ޖާގަ ދެއްވިކަމަށެވެ. އަދި އެ ދުވަސްވަރު ޕާޓީގެ ތެރޭގައި ކަންކަން ތަންކޮޅެއް ހުދުމުހުތާރުކޮށް ފެނިގެންދިޔަކަމަށާއި ނަމަވެސް ޕާޓީ ހިންގަނީ ހަގީގަތުގައި އެގޮތުގެ މަތިން ނޫންކަމަށެވެ.

މިފަހުން ހިނގާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައި މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، ދައުރުގެ މެދު ތެރެއިން އާދަޔާއި ހިލާފު ކޮންގްރެސްއެއް ބޭއްވުމަށްފަހު އިސްތިއުފާ ދެއްވާނެކަމަށް ފައްޔާޒް ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ނިންމަވާފައިވާ ސަބަބަކީ ހައްދަވާފައިވާ މެނިފެސްޓޯއެއް ނުވަތަ ރޯޑް މެޕެއްގައި ޗެއަރޕާސަންއަކީ ކުންފުންޏެއް ހިންގާގޮތަށް ޕާޓީ ހިންގާ މީހެއްގެ ގޮތުގައި ކަނޑައަޅައި މާ ބޮޑު ބާރުތަކެއްވެސް ނުލިބޭ ގޮތަށް ބަޔާން ކޮށްފައި އޮތުމުންކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޕާޓީ ހިންގާލުމަށްޓަކައި ކުރި މަސައްކަތްތަކުން ބައެއްކަމަށާއި އެ ރޯޑްމެޕުގައިވާގޮތުން ޗެއަރޕާސަންއަށް ވެރިކަމަކަށްވެސް ކުރިމަތިނުލެވޭކަމަށެވެ.

އެހެން އޮއްވާ ގައުމީ މަޖިލީހުގެ މެމްބަރުންވަނީ ދާދި ފަހުން އެ ރޯޑްމެޕު ތަންފީޒުކުރަން މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، ދާދި ފަހުން އެމްޑީޕީންވަނީ މަގުމަތީގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ފަށާފައިކަމަށްވާއިރު ފައްޔާޒްގެ ހުއްދަނެތި މަގުމައްޗަށް ނުނުކުމެވޭކަމަށެވެ. ނަމަވެސް އޭނާ ޗެއަރޕާސަންކަމުގައި ހުންނެވިއިރު މެމްބަރުން އެކަން ބޭނުންވުމުން ވަގުތުން ޖާގަ ދެއްވާކަން ހިއްސާކުރެއްވިއެވެ. އަދި މީހަކު ހައްޔަރުކޮށްފި ހާލަތެއްގައި ވަކީލުން ހަމަޖެއްސުންފަދަ މަސައްކަތްތައް ކުރައްވާކަމަށާއި ސަބަބަކީ ޕާޓީ ހިންގަނީ މެމްބަރުންކަމަށްވުންކަން ފާހަގަކުރެއްވިއެވެ.

މޫސަ ވިދާޅުވީ، އެއްވެސް ސަރުކާރަކުން ބަޔަކު މީހުން މަގުމައްޗަށް ނުކުމެ އުޅެން ގަބޫލު ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ދައުރުގައިވެސް އެކަމުގެ ސަބަބުން ދަތިތައް ކުރިމަތިވެގެންދިޔަކަމަށެވެ. ނަމަވެސް މިވީހާ ދުވަހު އެމްޑީޕީންވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކޮށްފައިކަމަށާއި އެ ހައްގު ގެއްލިއްޖެނަމަ ރާއްޖޭގައި ހުދުމުހުތާރުކަމުގެ ސިފަ ޖެހިގެންދާނެކަމުގެ އިންޒާރުތައްވެސް ދެމުން އައިސްފައިވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ބަޔަކު މަގުމައްޗަށް ނުކުންނަ ކޮންމެ ރެޔަކީ ސަރުކާރެއް ވެއްޓޭ ރެއެއް ނޫންކަމަށާއި އެމްޑީޕީގެ ވެރިކަން ވެއްޓިގެންދިޔައީ އެ ސަބަބާއި ގުޅިގެން ނޫންކަމަށެވެ. މޫސަ ވިދާޅުވީ، އެކަން މެދުވެރިވީ ސިފައިންނާއި ފުލުހުން ބައިވެރިވުމުންކަމަށާއި ރާއްޖޭގެ ގާނޫނުތައް ނަގަހައްޓަންތިބި ބަޔަކު މީހުން އާންމު ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ.

މޫސަ ވިދާޅުވީ، މިހާރު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަން ވެއްޓުނުކަމަށް ބުނަމުންދާނަމަވެސް އެކަން ހިނގީ ބަގާވާތެއް ކުރުމުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ބަގާވާތްކުރުމާއި މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މުޅިން ދެކަމެއް ކަމަށެވެ. އެގޮތުން ފަލަސްތީނުގެ މައްސަލައިގައި ދުނިޔޭގެ އެތައް ގައުމެއްގައި ހަރަކާތްތައް ހިންގާއިރު އެމެރިކާގައި މިހާރުވެސް ރައީސް ޓްރަމްޕާއި ދެކޮޅަށް ހަރަކާތްތައް ހިންގަމުންދާކަމަށް އަލިއެޅުއްވިއެވެ.

މޫސަ ވިދާޅުވީ، ޓްރަމްޕުގެ ވެރިކަމާއި ދެކޮޅަށް ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސްއަކު ވެރިކަމުން ދުރުކުރެވޭނެކަން ރާއްޖޭގެ ގާނޫނުއަސާސީގައިވެސް ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަން ކުރުމަށްޓަކައި ރައްޔިތުންނާއި އެމްޑީޕީއަށް ކަމުނުދާނަމަ ނުކުންނަން ޖެހޭނެކަމަށެވެ. ނަމަވެސް އެކަން ޕާޓީން ކުރުމުން ޗެއަރޕާސަން އަދި ރައީސް ނުނުކުންނަ ވާހަކަ މެމްވަރުން ދައްކާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: