ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް ޓޫރިޒަމަށް ކުރިއެރުވުމަކީ އަމާޒެއް، ހޮސްޕިޓަލް އެޅުމަށް ޕްރޮޕޯސަލްތައް ދަނީ ލިބެމުން: ވަޒީރު ނާޒިމް

ހެލްތު މިނިސްޓަރު ނާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، ހޮސްޕިޓަލެއް އެޅުމަށް ޕްރޮޕޯސަލްތައް ލިބެމުންދާކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ނާޒިމް ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން މިކަމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އަދި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަމުންދާ ކަމަށާއި، މި ޕްރޮޕޯސަލްތަކާ ގުޅޭ މަސައްކަތްތައް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު ނާޒިމް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރިސޯޓެއްގައި ހޮސްޕިޓަލު އަޅައި، ފަރުވާ ދެވޭނެ ގޮތަށް ޕްރޮޕޯސަލްތައް ލިބިފައިވެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން މެޑިކަލް ދާއިރާއަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތްތައް ވެސް ހިމެނޭނެއެވެ.

”ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ މުހިންމު އަމާޒެއް. އަދި އެކަން ވާ މަންޒަރު ދެކެން ބޭނުންވޭ،“ ވަޒީރު ނާޒިމް ވިދާޅުވިއެވެ.

މެޑިކަލް ޓޫރިޒަމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ރާއްޖޭގައި މި ދާއިރާ ތަރައްޤީކުރުމުން، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޞިއްޙީ ޚިދުމަތްތައް ވެސް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: