ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައިގައި އދގެ ކަންބޮޑުވުން!

ފަނޑިޔާރުކަމުން ވަކި ކުރި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާ މައްސަލައިގައި އދއިން އެފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ މަންދޫބު މާގަރެންޓް ސެޓާރތްވެއިޓް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އދގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން ކަމާއި ބެހޭ މާހިރަކުވަނީ ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު އަދި މާހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކޮށްފައިވުމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައިކަމަށެވެ. އަދި އެކަން ކޮށްފައިވަނީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ގޮތުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ކޯޓުން ބެލުމަށް ހުރަސްއެޅުމުގެ ގޮތުންކަމަށް ތުހުމަތުކުރެވެެމުންދާކަން ހިއްސާކޮށްފައިވެއެވެ.

މިފަދަ މައްސަލަތައް ބެލުމަށްޓަކައި އދއިން ކަނޑައަޅާފައިވާ މަންދޫބު މާގަރެޓް ވިދާޅުވެފައިވާގޮތުން ގުޅުވާލުމުންނާއި ވަކިވަކިން ބަލާލުމުންވެސް ސުޕްރީމް ކޯޓުން އެ އިސްލާހުގެ މައްސަލަ ބެލުމަށް ހުރަސްތައް ކުރިމަތިކުރުމަށް އަމާޒު ހިފައިގެން ހިންގާފައިވާކަމަށް ފެނިގެންދާ އަމަލުތަކާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އޭނާ ވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ ބިލާއިމެދުވެސް ކަންބޮޑުވުންތައް ހުރިކަން ހިއްސާކުރައްވާފައެވެ.

އދއިން އާންމުކޮށްފައިވާގޮތުން މާގަރެޓްވަނީ ޖޭއެސްސީން އެ މަހުގެ 26 ވަނަ ދުވަހު ތިން ފަނޑިޔާރުންނާއި ގުޅުންހުރި މައްސަލަތަކެއް ބަލަން ފަށާފައިވުމާއިމެދުވެސް ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ފަނޑިޔާރުންނާއިމެދު އަޅާފައިވާ ފިޔަވަޅުތައް، ކޯޓެއްގެ ފަނޑިޔާރަކު ވަކިކުރުމުގައި އަމަލުކުރުމަށްޓަކައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފުވާކަމަށް ފެނިގެންދާކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

އޭނާ ވިދާޅުވީ، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްޑާގެ ވަކީލުންނަށް މައްސަލަ ބަލާ މަޖިލީހުގައި ވަކާލާތުކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިފައިނުވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެއީވެސް ކަންބޮޑުވެވަޑައިގަންނަވާކަމެއްކަން ހިއްސާކުރެއްވިއިރު އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިނުވާކަމަށްވުމުން އެކަމާއިމެދުވެސް ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އދ އިން ބުނެފައިވާގޮތުން މާގަރެޓްދަނީ މިކަމާއި ގުޅިގެން ރާއްޖޭގެ ސަރުކާރާއި ދެމެދު މުއާމަލާތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: