ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: މިނިސްޓަރ

ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް އިތުރަށް ހަރުދަނާކޮށް ބެޑް އިތުރު ކުރުމާއި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ވޯޑަށް އެނދު އިތުރުކުރުމާއި، އޯޕީޑީ އަދި އިންޕޭޝަންޓް ޚިދުމަތް ފުޅާކުރުމަށް ރޫމް އިތުރު ކުރުމާޢި، މެންޓަލް ހެލްތު އޯޕީޑީ ގެ ޚިދުމަތް ފުޅާކުރުން ހިމެނެއެވެ.

 ހުރިހާ ޚިދުމަތެއްވެސް ފުޅާކުރެވޭނެ ގޮތަށް ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ހިނގުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު މަސެއްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ، ރާއްޖޭގައި މިއަށްވުރެ ގިނަ ޒިންމާދާރު، ހުނަރުވެރި ޑޮކްޓަރުން ތިބެގެން، ޚިދުމަތްތެރިކަމާއެކު މަސައްކަތް ކުރާނެ ޑޮކްޓަރުން ތިބުންކަމަށެވެ. ޑޮކްޓަރުން ކޮންމެ ދުވަހަކުވެސް ދައްކަވާ ކެތްތެރިކަމަށް ތަޢުރީފުކުރެއްވިއެވެ.

ހުޅުމާލޭ ހޮސްޕޓަލުގެ އެކާވީސް ވަނަ އަހަރީ ދުވަސް ރޭ ފާހަގަކުރި އިރު ހޮސްޕިލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންނާއި، ރީތި ނަން ހޯއްދަވާދެއވާފައިވާ އަދި ޚާއްޞަކޮށް ޑޮކްރުންގެ އަގުވަޒަންކޮށް ވަނީ އެވޯޑް ދީފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ދިގުމުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: