އިސްލާމް ދީނުގެ ސައްޙަ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމުގެ ދަށުން ބ. ތުޅާދޫގައި ހާއްސަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގުރާމުތައް ތުޅާދޫގައި ކުރިއަށް ގެންގޮސްފައިވަނީ ތުޅާދޫ ސްކޫލާއި، މަދަދު ޖަމްޢިއްޔާ އަދި ވުޒާރާ ގުޅިގެންނެވެ.
ތުޅާދޫގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފައި ވަނީ ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި މުއައްސަސާތަކުގެ ފަރާތްތަކަށެވެ.
މި ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ ”ރިސާލަތު“ ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތައް، ދީނީ ކުއިޒް މުބާރާތް، ޤުރްއާން މުބާރާތް ފަދަ ދީނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގައި ތިބި އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްރަށްވެހިންގެ ނާދީ އިން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މަޝްވަރާކުރެއްވުމުގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

