ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރަކާއި ގުޅޭ ޝަކުވާއެއް އައުމުން އެކަން ބަލަން ޖެހޭ، އެއީ ނުފޫޒު ފޯރުވުމެއް ނޫން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރެއްގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި މެދު ސުވާލު އުފެދޭ މައްސަލައަކާއި އެކު އެ ޝަކުވާއެއް ބަލަން ފެށުމަކީ ނުފޫޒު ފޯރުވުންކަމަށް ނުބުނެވޭނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިވަގުތު ސަސްޕެންޝަނުގައި ތިއްބެވި އިރު، ޖުޑިޝަލް ސާވިސް ކޮމިޝަނުން އެ ދެބޭފުޅުންނާއި ގުޅޭގޮތުން ބެލި މައްސަލައިގައި ނިންމާފައި ވަނީ މަގާމުން ވަކި ކުރުމަށެވެ. މި މައްސަލައިގައި ދެ ފަނޑިޔާރުން ވެސް ދެކެނީ، މިއީ ނުފޫޒު ފޯރުވުމަށްޓަކައި އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައެއް ކަމަށެވެ.

ފަނޑިޔާރުންގެ މައްސަލަ ފެންމަތިވެގެން އައީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ކޯޓުގައި ކުރިޔަށް ގެންދެވޭނެކަމަށް ނިންމާފައި ވަނިކޮށެވެ.

ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން، ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރައްވައި އެންމެ ފުރަތަމަ ވެސް ވައުދުވެޑައިގަތީ އިންސާފުވެރި ޝަރީއަތެއް ކޮންމެ މީހަކަށް ވެސް ގާއިމުކޮށްދިނުމަށް ކަމަށެވެ. އަދި ފަނޑިޔާރުގެއަށް އޮތް ނުފޫޒު ނިމުމަކަށް ގެނައުމަކީ އެމަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދެއްވި އެއް މަސައްކަތް ކަމުގައި ވިދާޅުވި އެވެ.

ޝުޖާއި ވިދާޅުވީ ފަނޑިޔާރެއް ނުވަތަ އެހެން މީހަކާއި ގުޅޭގޮތުން ވެސް ސުވާލު އުފެދޭ ޝަކުވާއެއް ލިބުމުން އެ މައްސަލައެއް ބަލަން ޖެހޭކަމަށެވެ. އަދި އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަނެ، ގަދަ ބަސް ބުނުމުގެ ހައްގެއް ވެސް އެއްވެސް ބަޔަކަށް ނޯންނާނެކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުގެ މައްޗަށް އަރައިގަތުން ނުވަތަ ވެރިކަން ހިންގުމުގެ ބާރަށް ވެސް މަޖިލީހުގެ މައްޗަށް ގަދަވެގަތުމެއް ނެތްކަމަށެވެ.

މިއީ ވަކިވެފައި އޮންނަން ޖެހޭ ތިންބާރުކަމަށް ގާނޫނުއަސާސީ މުތުލަގަށް ބަޔާން ކުރާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ގާނޫނު ހަދައި ގާނޫނު އިސްލާހު ކުރާނީ ރައްޔިތުންގެ މަޖިލީހުންކަމަށް ވެސް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އަދި އެ ގާނޫނުތައް އޮންނަން ޖެހޭނެ މިންގަނޑު ވަކި ތަރަހައެއްގެ ތެރޭގައި ކަނޑައެޅިފައި އޮތް އިރު، އޭގެއިން ބޭރު ނުވާހާ ހިނދެއްގައި މަޖިލީހުގެ މަސައްކަތެއްގެ މައްޗަށް ސުޕްރީމް ކޯޓަށް ބަސް ނުބުނެވޭނެކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާއި ގާނޫނުއަސާސީގެ ރޫހާއި ހިލާފަށް އެއްގޮތްވާ ގޮތުގެ މަތީން ހަދާ ގާނޫނެއް ނުވަތަ އިސްލާހެއް ބާތިލު ކުރުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އެފަދަކަމެއް މެދުވެރިވުން އެއީ ޝުޖާއު ވިދާޅުވި ގޮތުގައި މަޖިލީހުގެ ބާރަށް ކޯޓުން އަރައިގަތުމެވެ.

 އެކަމަކު ފަނޑިޔާރުންނަށް ލިބޭ ލައިސަންސެއް ނޫން.. އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ލިބޭ ލައިސަންސެއް ނޫން އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރުގެ މައްޗަށް އަރައިގަތުން އަދި ވެރިކަން ހިންގުމުގެ ބާރަކަށް ވެސް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ބާރަކަށް ނޭރޭނެ.. އެއީ ގާނޫނުއަސާސީ މުތުލަގަށް އެބަ ބަޔާންކުރޭ މި ތިން ބާރު ވަކިވެފައި އޮންނަންޖެހޭނެ ކަމަށް އިނގޭތޯ.. ގާނޫނުއަސާސީގައި އެބަ ބަޔާންކުރޭ އަޅުގަނޑުމެންނަކީ ގާނޫނު ހަދާ ފަރާތް ކަމާއި ގާނޫނު އިސްލާހު ކުރަނީ އަޅުގަނޑުމެންކަން.. އަދި އެ ގާނޫނުތައް އޮންނަން ޖެހޭ މިންގަނޑު ވެސް އެބަ އޮތް ވަކި ތަރަޙެއްގެ ތެރޭގައި ކަނޑައެޅިފަ.. މިއިން ބޭރުނުވާ ކޮންމެ ކަމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ކަމަށް އެހެންވީމާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކަށް ނޯންނާނެ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއާއި އިސްލާހެއް ގާނޫނުއަސާސީގެ ރޫހާ އެއްގޮތް ވާ ގޮތުގެ މަތިން ހަދާ ގާނޫނެއް ނުވަތަ އިސްލާހެއް ބާތިލުކުރުމުގެ ބާރެއް ނޯންނާނެ.. އެއީ އަޅުގަނޑުމެންގެ ބާރަށް އަރައިގަތީ..

މީގެއިތުރުން ޝުޖާއު ވިދާޅުވީ އެއްވެސް ފަނޑިޔާރަކީ އޭނާގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލޭ ފަދަކަމެއް ނުވަތަ ޝައްކު ކުރެވޭ އެއްވެސްކަމެއް ހިންގައިގެންވާނެ ފަރާތެއް ނޫންކަމަށެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ފަނޑިޔާރެއްގެ މައްސައްލަ ނުބެލޭނެކަމަށް ހީކޮށްގެން ނުވާނެކަމަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ފަނޑިޔާރަކަށް ކަމެއް ތުހުމަތު ކުރެވުމުން އެ މައްސަލައެއް ބެލުމަކީ ނުފޫޒު ފޯރުވުން ނޫންކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގެ މިސާލުތައް ނަންގަވައި ޝުޖާއު ވިދާޅުވީ އެންމެ ގިނައިން ފަނޑިޔާރުންގެ މައްސަލަތައް ބަލައި ވަކި ކުރީ އެ ޕާޓީގެ ވެރިކަމުގައި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގަައްޔޫމްގެ މައްސަލައިގައި ހުކުމް ކުރުމަށް މަދު ގަޑިއިރަކަށްވެފައި ވަނިކޮށް އޭރު މައްސަލަ ބައްލަވަމުން ގެންދެވި ހައިލަމް ސަސްޕެންޑު ކުރުމުގެ މައްސަލަ ނަންގަވައި ވިދާޅުވީ ނުފޫޒު ފޯރުވުމަކީ އެއީކަމަށެވެ.

ޝުޖާއު ވިދާޅުވީ މި ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާނަމަ މިއަދު ރައީސް ޔާމީން ގޭ ބަންދުގައި ނުހުންނަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: