ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރު: ނިޒާމުގެ ނަހަމަ ބޭނުން ނުހިފުމަށް ފަނޑިޔާރުން ދަންނަވައިފި

އަނަސް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ. އެއަށްފަހު ދައުލަތުން ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ހައިކޯޓަށް ތަހުވީލުކޮށްދިނުމަށް އެދިފައެވެ.

އިސްތިއުނާފަށް ޖަވާބު ދިނުމަށް ދިން ފުރުސަތުގައި އެންމެންވެސް ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން އެ ދުވަހު ވާހަކަ ދައްކަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ މިއީ 14 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ބާވަތުގެ މައްސަލައެއްކަން ފާހަގަކުރައްވައި، ވަކީލުން އައްޔަނު ކުރުމަށް، ފަހު ފުރުސަތެއް ދެއްވާފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ހާޒިރުވީ ވަކީލުންނާއެކުއެވެ. ނަމަވެސް ވަކީލުން ވަނީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްޓަކައި އިތުރު ވަގުތު ދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ވަކީލެއްގެ ގޮތުގައި އައްޔަނުވެފައި ވަނީ ވެސް މިއަދުކަން ފާހަގަ ކުރައްވައި ވަކީލުން ވަނީ މިއީ ގިނަ ލިއެކިއުންތަކެއްވެސް ހިމެނޭ މައްސަލައަކަށް ވާތީ ލިއެކިއުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތުކޮޅެއް ބޭނުންވާކަން ތަކުރާރު ކުރައްވާފައެވެ.

ފަނޑިޔާރުން ވަނީ ވަކީލުންނަށް ފަހު ފުރުސަތެއް ދެއްވާފައެވެ. އެގޮތުން ހޯމަ ދުވަހުގެ ހެނދުނު 09:00 ގެ ނިޔަލަށް ވަނީ ފުރުސަތު ދެއްވާފައެވެ.

އެހެންނަމަވެސް ނިޒާމުގެ ނަހަމަ ބޭނުން ނުހިފުމަށް ފަނޑިޔާރުން ވަނީ ހަނދުމަކޮށްދެއްވާފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް ފަހު ފުރުސަތެއް ދެއްވާފައިވާނެ ކަމަށާއި، އެހެންކަމުން ނިޒާމުގެ ނަހަމަ ބޭނުން ހިފައިގެން ނުވާނެ ކަމަށެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވަނީ މިއީ 2 ޖުލައި 2024 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް އިސްލާޙެއް ގެނައުމަށްފަހު ކޯޓަށް ހުށަހެޅިފައިވާ ފުރަތަމަ މައްސަލަކަން ފާހަގަ ކުރައްވައި، އެކަމާ ގުޅޭގޮތުން ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 199 ވަނަ މާއްދާއަށް ރިއާޔަތްކޮށް ހައިކޯޓުން މިހާތަނަށް 11 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އެކި މައްސަލަތަކުގައި ހުރީ އެކި ގޮތްތަކަށް ނިންމާފައިކަމަށެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނެވިފައިވަނީވެސް އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށްކަމަށް ވަކީލު ވިދާޅުވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: