ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ފުވައްމުލައް ރަންގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށަނީ!

ދިރާގު ފުވައްމުލައް ރަން 2025
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ފުވައްމުލައް ރަން 2025 (ޑީ.އެފް.އާރ) ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޑީ.އެފް.އާރގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އިން 21 އެޕްރީލް 2025 އަށް އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގައެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރެވިގެންދާނެއެވެ. މި ގޮތުން، ބިބް އެކްސްޕޯ ކުރިއަށްދާނީ:

  • މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

މި ދެ ދުވަހަށް ފަހު، ދެން ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި 30 އެޕްރީލް އިން 1 މޭ 2025އަށް ސިޓީ ކައުންސިލު އޮފީހުގެ ކުރުނދުމާ މާލަމުގައި:

  • ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް
  • މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

އެހެންކަމުން، މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މާލެއިން ނުވަތަ ފުވައްމުލަކު ސިޓީއިން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތުވަނީ ދިރާގުން ފަހިކޮށްދީފައެވެ.

ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިންގ ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި، ރޭސް ކިޓް ހަވާލުކުރެވޭނީ، ދުވުންތެރިޔާގެ އައި.ޑީ ކާޑް (ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 މޭ 2025 ވާ ހުކުރު ދުވަހު ފުވައްމުލައް ސިޓީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: