ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން 32 ބައިވެރިން ގްރެޖުއޭޓްވެއްޖެ

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ގްރެޖުއޭޓުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ ”ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް“ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގެ 32 ބައިވެރިން ގްރެޖުއޭޓްވެއްޖެއެވެ. ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އިބްރާހިމް ވަހީދު ( އަސްވާޑް) އެވެ.

މި ޕްރޮގުރާމުގެ ދަށުން ބައިވެރިންނަށް ފްރޮންޓް އޮފިސް، ހައުސްކީޕިން، ކޮމާޝަލް ކުކަރީ، ޕޭސްޓްރީ އެންޑް ބޭކަރީ، ލައިފް ގާޑިން، އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް އަދި ފުޑް އެންޑް ބެވަރޭޖް ސާވިސަސްގެ ދާއިރާތަކުން ތަމްރީނު ދެވުނެވެ. މި ތަމްރީނު ޕްރޮގުރާމް ކުރިއަށް ގެންދެވުނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް، ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ. ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވްސް އަދި ވެސްޓިން މޯލްޑިވްސްގައެވެ.

މި ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ހިންގަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ޕްރޮގުރާމްގެ ފުރަތަމަ ބެޗުގެ 43 ޒުވާނުން މިދިޔަ އަހަރުގެ މާރޗް މަހު ގްރެޖުއޭޓްވެ، އެ ހުރިހާ ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ. މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެ ވަޒީފާތައް އަދާކުރުމަށް އިތުބާރާއެކު މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރިން ތައްޔާރުކުރުމެވެ.

ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް އެލަވަންސާއި، ކެއުމާއި ހުރުން ހަމަޖެހޭއިރު، ޕްރޮގުރާމް ނިންމާ ފަރާތްތަކަށް އެމްއެންއެސްޑީއޭއިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3 ލިބިގެންދެއެވެ. މި ޕްރޮގުރާމަކީ ޒުވާނުންނަށް އަބުރުވެރި މަސައްކަތަކުން އެކަށީގެންވާ އާމްދަނީއެއް ހޯދައި، ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ހިންގޭ ޕްރޮގުރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: