ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރުގެ ސިވިލް ކޯޓަށް ރެޖިސްޓްރީކުރެވުނު ގަޒިއްޔާތައް 12.96 އިންސައްތަ އިތުރު

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ސިވިލް ކޯޓާއި ހުޅުމާލެ ޑިވިޝަންގައި ރެޖިސްޓްރީކުރެވުނު މައްސަލަތައް 12.96 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.

ސިވިލް ކޯޓުން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރު ތެރޭގައި އެ ކޯޓާއި ހުޅުމާލެ ޑިވިޝަންއަށް ޖުމްލަ 5،142 މައްސަލަ ރެޖިސްޓްރީކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައީ އިޚްތިލާފު އޮންނަ ބާވަތުގެ މައްސަލަތައް ކަމަށްވާއިރު، މިފަދަ 2،419 މައްސަލަ ރަޖިސްޓްރީކުރެވިފައިވެއެވެ. މީގެއިތުރުން، އިޚްތިލާފެއް ނެތް 515 މައްސަލައާއި ހުކުމް ތަންފީޒުކުރުމުގެ 2،208 މައްސަލަ ރަޖިސްޓްރީކުރެވިފައިވެއެވެ.

2024 ވަނަ އަހަރަކީ މައްސަލަތައް ނިންމުމުގައިވެސް ކުރިއެރުން ލިބުނު އަހަރެއްކަން ފާހަގަކުރެވެއެވެ. އެގޮތުން، 2023 ވަނަ އަހަރަށްވުރެ 17.57 އިންސައްތަ އިތުރަށް މައްސަލަ ނިންމާފައިވާއިރު، ޖުމްލަ 5،432 މައްސަލަ ނިންމާފައިވެއެވެ. ނިންމި މައްސަލަތަކުގެ ތެރޭގައި އިޚްތިލާފު އޮންނަ 3،268 މައްސަލައާއި، އިޚްތިލާފެއް ނެތް 621 މައްސަލަ އަދި ހުކުމް ތަންފީޒުކުރުމުގެ 1،543 މައްސަލަ ހިމެނެއެވެ.

ކޯޓުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރު ނިމުނުއިރު ނުނިމި ހުރީ ޖުމްލا 4،759 މައްސަލައެވެ. މީގެ ތެރެއިން ދެބައިކުޅا އެއްބަޔަށްވުރެ ގިނައީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ކަމަށްވާއިރު، މިފަދަ 2،368 މައްސަލަ އަދިވެސް ވަނީ ނުނިމިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: