ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއޭ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ދެމެދު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފި

ނެޝަނަލް ޑްރަގް އެޖެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް ޑްރަގް އެޖެންސީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ދެމެދު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަސްރަތުތައް ހިމެނުމާއި ގުޅޭގޮތުން އެއްބާރުލުން ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވަނީ ކްލައިންޓުންނަށް މަސްތުން ސާފުވުމާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ފަރުވާގެ ނިޒާމެއްގެ ފައިދާ ލިބިދެވޭ ނިޒާމަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އެންޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދި ފަހުން ވަނީ ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.

ޖުމްލަ 30 މީހުންނަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.

މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި އެންޑީއޭ، ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސް، ދަގެނާ އަދި ސ.ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރު ހިމެނެއެވެ.

މީގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ( ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީ)ގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެންޑީއޭއިން ވަނީ ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: