ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1 ލައްކައަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގެންފައިވަނީ 19 އޭޕްރީލް 2025 ގައި ކަމަށެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތީ 130،155 ސިނގިރޭޓް ސްޓިކެވެ.
ހަމައެއާއެކު، މި ތަކެތި އަތުލައިގަތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މިފަދަ މައްސަލަތައް ދާދި ފަހުންވެސް ފެންމަތިވެފައިވެއެވެ. އެގޮތުން އެއާޕޯޓުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުގެ 06:20 ހާއިރު ވީއައިއޭގެ ޑިޕާޗާ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިގަރެޓް އެތެރެކުރަން ބަޔަކު މަސައްކަތް ކުރިކަމުގެ މައުލޫމާތު ފުލުހަށް ހުށަހެޅީ ކަސްޓަމްސްއިން ކަމަށެވެ.

