އެސްއެސްސީ އަދި އޯލަވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަކީ ކާމިޔާބު ހޯދާ ގައުމު ފަހުރުވެރި ހިދުމަތްތެރި ދަރިއަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ދަރިވަރުން އިމްތިހާނުތަކަށް ތައްޔާރުވަމުންދާއިރު ރައީސް ޑރ މުއިއްޒުވަނީ އެކްސް މެދުވެރިކޮށް އެކަމާއި ގުޅިގެން މެސެޖެއް އާންމުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި އަހަރު އޯލެވެލްގެ އިތުރުން އެސްއެސްސީ އިމްތިހާނަށް ތައްޔާރުވަމުންދާ ހުރިހާ ކުދިންގެ ބުރަ މަސައްކަތްތަކުގައި ބަރަކާތް ލެއްވުމަށް އެދި ދުއާކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ، އިމްތިހާނުތަކުގައި ރާއްޖެއިން ބައިވެރިވި 8،364 ކުދިންނަށް ވެސް ހިތްހަމަޖެހޭ ފާހަގަތި ދުވަސްތަކަކަށް އިމްތިހާނުގެ މުއްދަތު ވެގެންދިއުމަށް ވެސް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެ ކުދިންނަށް ތޫނުފިލިކަމާއިއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވުމަށްވެސް އެދިވަޑައިގަންނަވާކަމަށެވެ.
ރައީސް ވިދާޅުވީ، ބެލެނިވެރިންނާއި ސުކޫލުތަކުން އުންމީދުކުރާފަދަ ރަނގަޅު ނަތީޖާއެއް ދަރިވަރުންނަށް ހާސިލުކުރެވުމަކީ އެމަނިކުފާނުގެ ދުއާކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކޮންމެ ކުއްޖަކުވެސް މި އިންތިހާބުގައި ކާމިޔާބު ހޯދާ ގައުމުގެ ފަހުރުވެރިވާފަދަ ދަރިއަކަށް ވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

