ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލާ ނިޒާމަށް ބަދަލު ގެނައުމަށް ދައްކާ ވާހަކައިގައި އިޚްލާސްތެރިކަމެއް ނެތް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

‏ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަ ތަކަކީ ވޯޓު އޮޅުވާލުމަށްޓަކައި ދައްކާ ވާހަކަތަކެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ، ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލައި، ފޮށިތައް މާލެ ގެނެސް، ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ. އަދި ‏ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައިކަމަށް ޝާހިދު ވިދާޅުވުއެވެ.

ހަމައެއާއެކު، ނަތީޖާ ލިބޭއިރު ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެންޖެހޭނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ވޯޓުލާ ނިޒާމަށް ބަދަލު ގެނައުމަށް ދައްކާ ވާހަކަތަކުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާވެސް ނިޔަތަކީ ވޯޓު ފޮއްޓަށް އަތް ބޭނުން ކަމަށާއި، ވޯޓު އޮޅުވާލުންކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން ގެނައުމަށް ގަސްދު ކުރައްވާ ބައެއް ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ގާނޫނުއަސާސީއަށް އެ އިސްލާހު ގެނެސްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: