ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝަރަފުވެރިކުރެއްވުމާ ގުޅިގެން ރަތްދޫލައިގެ މަރުޙަބާއެއް ދެންނެވުނެވެ.

އެމަނިކުފާނަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް އަދި ވުޒާރާގެ އިސްވެރިންނެވެ.

މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތެއްގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.

ދަތުރުފުޅުގެ މުހިންމު ބައްދަލުވުންތައް

މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ޒުވާން ޚަޠީބުންނާއި، ޙާފިޡުންނާއި އިމާމުންނާ ބައްދަލުކުރައްވާނެއެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށާއި ސަލްމާން ރަސްގެފާނު މިސްކިތަށް ރަސްމީ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.

ނަމާދު އިމާމުކުރެއްވުން

ޝައިޚް ޑރ. ޞަލާޙުލް ބުދައިރު 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި މަޣްރިބް އަދި ޢިޝާ ނަމާދު އިމާމުވެ ކުރައްވާނެއެވެ. އަދި 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ޢިޝާ ނަމާދު އިމާމުވެ ކުރެއްވުމަށްފަހު ޚާއްޞަ ދަރުހެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުވެސް އިމާމުވެ ކުރައްވާނީ އެމަނިކުފާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: