ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލަ ޕީޖީ އޮފީހަށް!

އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެސްޓޭޓް އޮފިސަރެއްގެ މަޤާމުގައި ކުރިން ހުރި މުވައްޒަފަކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށް ބުނެ، އޮޅުވާލައިގެން އަމިއްލަ ފަރާތަކުން 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ ނަގާފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި 21 އެޕްރީލް 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އެޗް.ޑީ.ސީގެ އެސްޓޭޓް އޮފިސަރގެ މަޤާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިޙަ ޝާކިރު ގެ މައްޗަށެވެ.

2022 ވަނަ އަހަރު އެޗް.ޑީ.ސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 (ދެހާސް ހަ ސަތޭކަ) އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗް.ޑީ.ސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަޙުޤީޤުން ހޯދިފައިވެއެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ. އަދި ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: