ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ހޫނު ރައްދެއް: ގައުމުގެ ސަލާމަތަށް ކުރެވޭ މަސައްކަތްތަކަށް ފަހުރުވާން ޖެހޭ، ލަދުގަންނާކަށް ނުޖެހޭ!

ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ސަލާމަތަށް ކުރެވޭ މަސައްކަތްތަކަށް ފަހުރުވާން ޖެހޭކަމަށާއި، އެކަމާ ލަދުގަންނަން ނުޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދަނީ ފަހުރުވެރިކަމާއިއެކުކަމަށެވެ. އެގޮތުން ވަސީލަތް ހޯދުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ގައުމީ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގައި އެއާފޯސްއަކާއި ނޭވީއެއް އުފައްދައި އާމީއެއް ހިންގޭ ހިސާބަށް ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރަން މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެެ.

އަސްކަރިއްޔާ ވަރުގަދަކުރުމަށްޓަކައި ކުރާ މަސައްކަތަށް ފާޑު ކިޔާ ދެކޮޅު ހަދަނީ ރައީސް ވިދާޅުވި ގޮތުގައި ގައުމީ ކުލުނު ނެތް މީހުންނެވެ. ގައުމީ ލޯބި އޮންނަންޖެހޭނެ ކަމަށާއި ވެހި އަސްކަރިއްޔާ ވަރުގަދަ ވެގެން ދިޔުމަކީ ދިވެހި ފަހުރުވެރިވާން ޖެހޭކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ މީހުންގެ ހިތުގައި ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ އެމީހުން، އަމިއްލަ ނަފްސާއި ސުވާލުކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިމަންނާއަކީ ގައުމުދެކެ ލޯބިވާ ދިވެއްސެއްތޯ ސުވާލު އުފައްދަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ މި މިނިވަން މުސްތަގިއްލު ގައުމުގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް.

ރައީސް ވިދާޅުވިއެވެ.

ގައުމީ މަސައްކަތްތަކަށް މަލާމާތް ކުރާ މީހުންނަކީ ”މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް“ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީއިރު، ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާއަށް، ހަތިޔާރު އެޅި އާ އުޅަނދުތަކެއް ހޯދާފައެވެ.

މި އުޅަނދުތައް ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހިނގާލުމުގައި ދެއްކުމާއިއެކު ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވިއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ގައުމުގެ އިގްތިސާދީ ހާލަތު މިހާރު އޮތްގޮތުން މިއީ މި ވަގުތަށް ކުރަން ނުޖެހޭ ބޭކާރު ހަރަދެކެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ އިތުރަށް ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ ގައުމީ ލޯބި ހިތުގައި އޮތް ކޮންމެ މީހެއްގެ މައްޗަށް ދިވެހި ގައުމު ސަލާމަތް ކުރުމުގެ މަގްސަދުގައި މަސައްކަތް ކުރުން ވާޖިބު ވާނެކަމަށެވެ.

މީގެ އިތުރުން ރައީސްގެ ވާހަކައިގައި އުތުރާއި ދެކުނުގައި ވައިގެ އަސްކަރީ މަރުކަޒުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: