ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ބަސްތައް ބޭނުންކުރުމުގައި އިނގިރޭސީގެ ނުފޫޒު އެބައޮތް: އަޝްރަފް

ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ---- ފޮޓޯ: ނުކުތާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ބަސްތައް ބޭނުންކުރުމުގައި އިނގިރޭސީގެ ނުފޫޒު އައިސްފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ސިޔާސާތު“ ޕްރޮގްރާމްގައި އަޝްރަފް ވިދާޅުވީ ގެއްލެމުން ނެތެމުންދާ ބަސްކޮށާރު މުޖުތަމައުގައި ހުރި ކަމަށެވެ. ބަސްކޮށާރު ގެއްލެނީ ލަފުޒު ބޭނުންކުރަންޖެހޭ ހާލަތުގެ މަސައްކަތް ގެއްލުމުން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

”މިހާރު ގިނަ ގޭގޭގައި ކައްކަނީ ތެއްޔަކުނޫން. ކައްކަނީ ކުކަރު. ދެން އޮތީ އޭގެ މަގާމުގައި އެކުކަރުގެ މަގާމުގައި ތެލި ނުކީ ކީއްވެގެންތޯ. އުފެދުމުގައި އެއަންނަ އިރުގައި ލަފުޒުތައް މުޅިން މި ދަނީ އޭގެ މަސައްކަތް ގެއްލުނީމަ. ދެން އޮތީ ބަސް ފޮތްތަކަށް ވުޖޫދުކޮށްގެން އޭގެތެރެއަށް ލައިގެން އުންގެނުމުގެ ތެރޭގައި މި ލަފުޒުތައް ކުދިންނަށް އުނގައްނައިދީ ދަސްކޮށްދީ، ފޮޓޯ ބަސްފޮތް ތަކުންނާއި ގޮތް ގޮތުން އޭތި އޮޅުން ފިލުވައިދީ، ދެން އޮތީ އަދަބިއްޔާތުގެ އެކި އުފެއްދުންތަކުގެ ތެރޭގައި އެކި އުފެއްދުންތަކުގެ މައްޗަށް ތަފާތު ކުދި ކުދި ވާހަކަތަކާއި، މީގެ ހައްލުތަކުގެ ގޮތުގައި ކުރެވިދާނެ ކަންކަން މި ދެންނެވީ“

އަޝްރަފް ވިދާޅުވީ ނިޒާމަށް ގެނެވުނު ބޮޑު ބަދަލުގައި، ތުއްތު ކުއްޖެއްގެ ޅަފަތުގައި މާދަރީ ވަންތަކަން އަޅައިދޭ ބިންގަލަކަށް ވާން ޖެހޭ ކަމަށެވެ. މާދަރީ ވަންތަ ކަމަކީ ގައުމުގެ އަމިއްލަ އަހުލީ ވަންތަކަން ކަމަށް އަޝްރަފު ވިދާޅުވިއެވެ.

އެ އަހުލީ ވަންތަކަން ކުއްޖާގެ ސިކުންޑީގައި އަޅައިދޭން ޖެހެނީ، ބަސް ކިޔާ ގޮތުނާއި، ނަމްބަރު ކިޔާގޮތުނާއި، ތަރިތަކުގެ ނަން ކިޔާގޮތުން ކަމަށާއި އަދި އަމިއްލަ ދިވެހި ބަހުން ތަކެއްޗަށް ކިޔާ ނަންތައް ކުޑަކުއްޖެއްގެ ޅަ ސިކުނޑީގައި ހަރުލައްވަން ޖެހޭ ކަމަށް އަޝްރަފު ވިދާޅުވިއެވެ.

އަޝްރަފު ވިދާޅުވީ ކުއްޖަކު ގްރޭޑް 3 ކަށް ދާންދެން ބަހުން ތައުލީމް ދެވެން ޖެހޭ ކަމަށެވެ. މިއީ ކަނޑައެޅިގެންވާ ސިޔާސަތެއްގެ ތެރެއިން ކުރެވެންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަޝްރަފް ވިދާޅުވީ އެކަމުގެ މާނައަކީ އެހެން ބަސްތައް ކިޔަވައި ނުދިނުން ނޫން ކަމަށާއި އެހެންނަމަވެސް ބަސްތައް، ބަހެއްގެ ގޮތުގައި ކިޔަވައިދޭވެނެ ކަމަށާއި އަދި ބަހެއް ދަސްކުރުމާއި ބަހަކުން ތައުލީމް އުނގަންނާދިނުމަކީ މާ މުހިންމު ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: