ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާގައި ހިމެނޭ 9 މީހުންގެ ފޯނު ހިފަހައްޓައިފި

ފުލުހުން އާއްމު ކުރި މައުލޫމާތު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މައްސަލައިގައި ހިމެނޭ އެންމެގެ ފޯނު ހިފަހައްޓައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހިފަހައްޓާފައިވަނީ މިމައްސަލައިގައި ހިމެނޭ ޖުމުލަ 9 މީހެއްގެ ފޯނު ކަމަށެވެ. މި މައްސަލައިގައި ގިނަ ފަރާތްތަކުން އަންނީ ބޮޑެތި ކަނަބޮޑުވުންތައް ފާޅުކުރަމުންނެވެ. މި މައްސަލައިގައި ތުހުމަތުވާކަމަށް ބުނާ ރައުދު އަހުމަދު ޒިލާލް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުން ރައުދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 18:20 ގައެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިމާރާތެއްގެ މަތީން ވެއްޓުނު 21 އަހަރުގެ އަންހެން މީހާގެ މައްސަލައިގައި، ރައުދުގެ ބައިވެރިވުމެއް އޮވެދާނެކަމަށް އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރައުދު ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރަށް އެދުނީ، އެކަމާ ގިނަ ބަޔަކު ސުވާލު އުފައްދައި، ފުލުހުންގެ ތަހުގީގާއި މެދު ގިނަ ތުހުމަތުތައް ވެސް ކުރަމުން ދަނިކޮށެވެ.

މީގެއިތުރުން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ހާމަނުކުރާ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެއީ ހުކުރު ދުވަހު އިމާރާތެއްގެ މަތީން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި ރައުދުގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ރައުދު ބުނެފައިވާކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ. ކޯޓު އަމުރުގައި ވާގޮތުގައި، ފުލުހުންގެ އައިއޯ ބުނެފައި ވަނީ އެ ރޭ ޔުމްނާއި ރައުދާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

އެކަމުގެ ތަފްސީލެއް އަމުރުގައި ހިމަނާފައެއް ނުވެއެވެ. ޔުމްނު ވެއްޓުނުތާ މާގިނަ އިރުތަކެއް ނުވެ، އޭނާ ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް އޭނާއަށް ނޭނގޭ ކަމަށާއި، ”ވެއްޓުނީ ކަމަށް ބެލެވޭ“ ކަމަށް ބުނެފައިވާކަމަށް އަމުރުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: