ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ އަޑުއަހައި، ދެފުއް ފެންނަ ތަހުގީގެއް ހިންގާކަން ކަށަވަރު ކުރާނަން: އިޙްސާން

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިމާރާތެއްގެ މަތީން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ދެފުއް ފެންނަ ތަހުގީގެއް ކުރިއަށްދާކަން ކަށަވަރު ކުރައްވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިހުސާން ވިދާޅުވީ، އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އަޑުއުފުލަމުންދާ ކަމަށާއި، ދެފުއް ފެންނަ ތަހުގީގެއް ހިންގުމަށް ޑިމާންޑް ކުރަމުންދާ ކަމަށެވެ. އެ ކަންކަމަކީ ސަރުކާރުން ކަށަވަރު ކުރާނެ ކަންކަން ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ. އަދި އެ ކަންކަން ކަށަވަރު ކުރުމަށްޓަކައި ހޯމް މިނިސްޓްރީ މެދުވެރިކޮށް ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެކަމުގެ ޔަޤީންކަން އިޙްސާން ވަނީ ދެއްވާފައެވެ.

އިޙްސާން ވަނީ މައުލޫމާތު ދިނުމުގައާއި، ސެޝަންތައް ބާއްވާއިރު ފުލުހުން ހިއްސާކުރާ މައުލޫމާތުތައް އެއަށްވުރެ ސާފު ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

މި މައްސަލައިގެ ހައްޔަރުގައި ހުރި ރައުދު އަހުމަދު ޒިލާލް ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. ކޯޓު އަމުރުގައި ވާގޮތުގައި، ފުލުހުންގެ އައިއޯ ބުނެފައި ވަނީ އެ ރޭ ޔުމްނާއި ރައުދާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

އެކަމުގެ ތަފްސީލެއް އަމުރުގައި ހިމަނާފައެއް ނުވެއެވެ.

ޔުމްނު ވެއްޓުނުތާ މާގިނަ އިރުތަކެއް ނުވެ، އޭނާ ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް އޭނާއަށް ނޭނގޭ ކަމަށާއި، ”ވެއްޓުނީ ކަމަށް ބެލެވޭ“ ކަމަށް ބުނެފައިވާކަމަށް އަމުރުގައި ވެއެވެ.

ޔުމްނު ހޯދަން ރައުދު މަސައްކަތް ކުރިޔަސް، އެކަން ކަމާއި ބެހޭ އިދާރާތަކަށް އޭނާ ނާންގާކަމަށް ވެސް އައިއޯ ވަނީ މައްސަލައިގައި ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: