ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން، ޓިކްޓޮކް ލައިވްގައި ޔުމްނުއަށް 700،000ރ. ގެ އެހީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ޓިކްޓޮކް ލައިވްއެއްގައި ހޯދައިފި އެވެ.

ރާއްޖެއިން ބޭރަށް ގެންދިއުމަށް، ދަތުރު ކުރަން ހުއްދަ ލިބުމުން ޔުމްނުގެ އާއިލާއިން މަސައްކަތް ފެށީ، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށެވެ. އެއީ އާއިލާގެ ބައެއް މީހުން އެ ގައުމުގައި އުޅެމުން އަންނާތީއާއި އެކު އެވެ.

ޔުމްނުގެ ފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސާނެކަމަށް އާއިލާއަށް އެންގުމުން، އާއިލާގެ ފަރާތުން މީޑިއާތަކަށް ވެސް އެގޮތަށް މައުލޫމާތު ދިނެވެ. އެގޮތުން ޔުމްނު ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ 25،000 ޑޮލަރު އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފަ އެވެ. އެކަމަކު ޔުމްނުގެ ފަރުވާގެ ފުރަތަމަ މަރުހަލާއަށް ބޭނުން ވަނީ 57،000 ޑޮލަރުކަމަށް ވާތީ، އާއިލާއަށް ހޯދައިދޭން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް މިރޭ ފެށި އެވެ.

އިރުއޮއްސުނު ފަހުން ޓިކްޓޮކްގައި ފެށި ލައިވް މެދުވެރިކޮށާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުން ވަނީ ފަންޑްރައިޒް ކުރިޔަށް ގެންގޮސްފަ އެވެ.

ޓިކްޓޮކްގައި ޝެހެނާޒް މޫސާ އިސްވެ ހުރެ، ޔުމްނުގެ ދައްތައާއި އެކު ކުރިޔަށް ގެންދިޔަ ހަރަކާތުގައި މިރެއާއި ހަމައަށް ވަނީ ޖުމްލަ 735،357.16 ރުފިޔާ ލިބިފަ އެވެ. އެއީ ދިވެހި ފައިސާގެ 565،501 ރުފިޔާއާއި 11،015 ޑޮލަރެވެ.

މި ފައިސާ ޖަމާކުރީ ޔުމްނުގެ އެއްބަނޑު އެއްބަފާ ދައްތަގެ އެކައުންޓަށެވެ. ޔުމްނުގެ އާއިލާގެ ފަރާތުން ވަނީ އެހީވި ހުރިހާ ފަރާތަކަށް ވެސް ޝުކުރުއަދާކޮށްފަ އެވެ.

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރިއިރު، އިންސާފަށް ގޮވާލައި ޒުވާނުންތައް ދަނީ މަގުމަތީ ހަރަކާތްތައް ވެސް ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: